ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެށީ އާ ފެށުމަކުން، ފެށުމަށް އޭ ގްރޭޑް ދެވިދާނެތަ؟

އެމްޑީޕީ ދާއިރާ ނައިބުރައީސްކަމަށް ވާދަކުރުމަށް ހުޅުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި އަހަރަކީ އެކިއެކި ސިޔާސީ ޕާޓީތަކާ މުއައްސަސާތަކަށް އަދި ސަރުކާރާ އިދިކޮޅުގެ އިތުރުން ވަކިވަކި ފަރުދުން ވެސް ގްރޭޑްކުރެވިގެން ދިއަ އަހަރެކެވެ. އޭ ޕްލަސްއިން ފެށިގެން ގޮސް ޔޫ ގްރޭޑާ އެފް ގްރޭޑް ވެސް ދެވުނެވެ. އެއްބަޔަކު ސަރުކާރަށް އޭ ގްރޭޑް ދިން އިރު އަނެއް ބަޔަކު ސަރުކާރު ފެއިލްވި ކަމަށް ބުނެ ދިނީ އެފް ގެރޭޑެވެ. އެއްބަޔަކު އިދިކޮޅުން އިދިކޮޅުގެ ދައުރު އަދާކުރިތޯ ސުވާލުކޮށް އިދިކޮޅަށް ވެސް އޭ ގްރޭޑާ ސީ ގްރޭޑް އަދި ޔޫ ގްރޭޑް ވެސް ދިނެެވެ.

މުއައްސަސާތަކާ ކުންފުނިތަކުގެ ތެރެއިން މިދިޔަ ދައުރުގައި އެންމެ މަގުބޫލުކަމެއް ހޯދީ ހަމަ ޔަގީނުން ވެސް އެމްޓީސީސީއެވެ. އެ ކުންފުންޏަށް މެޖޯރިޓީ ރައްޔިތުން ދިނީ އެންމެ މަތިން ދެވޭނެ ގްރޭޑެވެ. އެންމެ ދަށުން ލިބުނު ކުންފުނީގެތެރޭގައި ފެނަކަ ހިމޭނެކަން އެންމެން ވެސް ގަބޫލުކުރެއެވެ،

ކޮންމެއަކަސް މިއަދު މިއުޅެނީ ފާއިތުވި ދައުރުގެ ކުންފުނިތަކާ، މުއައްސަސާ އަދި ސަރުކާރާ، އިދިކޮޅު ފަރާތްތަކަށް ގްރޭޑެއް ދޭކަށް ނޫނެވެ. މިއުޅެނީ ބަޔަކު ސިޔާސީ ހަރަކާތްތައް އަލުން އާ ފެށުމަކުން ފަށައިގެން އުޅޭތީ އެ އާ ފެށުމަށް ދޭނެ ގްރޭޑެއް ނޭންގިގެންނެވެ.

ދައްކަން މިއުޅެނީ އެމްޑީޕީން އިދިކޮޅުގެ ޕާޓީގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވާ އިދިކޮޅުގެ ޒިންމާ އުފުލުމަށް ފަށާފައިވާ އާ ދަތުރުގެ ވާހަކައެވެ. ފާއިތުވި އަހަރުގެ ރިޔާސީ އިންތިޚާބާ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުން އެ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާއެކު އެ ޕާޓީގެ އަޑު މުޅިންހެން ކެނޑިގެން ދިޔައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭރު ސަރުކާރު ޖަވާބުދާރީ ކުރުވާނެ އިދިކޮޅު އެންމެ ޕާޓީއެއް ވެސް ނެތް ކަހަލައެވެ. އަބަދުވެސް ނިކަން ހަރު އަޑުން އިދިކޮޅުގައި އޮވެ ބަސް ބުނާ އެމްޑީޕީގެ އަޑު ކެނޑުނެވެ. އެކަމާ ގުޅިގެން ޕާޓީގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންނާ އެ ޕާޓީއަށް ސަޕޯޓުކުރާ މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮންމެއަކަސް މިއަދު އެ ޕާޓީން އަނެއްކާ ވެސް ސިޔާސީ ހަރަކާތްތައް ފަށައި، ސިޔާސީ މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިސްނެންގެވުމުގެ މަތިން އިންތިހާބުތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއި ގިނަ ދުވަހު އެމްޑީޕީއަށް ހިދުމަތް ކުރެއްވި ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވައި އެ ބައްދަލުވުންތަކުން ލިބިފައިވާ ހިޔާލުތައް ހޯދުމަށްފަހު ޕާޓީގެ ގައުމީ މަޖިލީހާ ހިއްސާކުރުމެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާއިރު އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށްވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމުކަމެއް ކަން އެ ޕާޓީއަށް ރޭކާލީ ދެ އިންތިޚާބުން ވެސް ކުރިމަތިވި ނާކާމިޔާބީއަށްފަހުގައެވެ. ނަމަވެސް އެކަން އެނގުމާއެކު އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ޕާޓީން ފެއްޓިއެވެ.

ދެންއޮތީ މަޖިލީހުގައި ކުރެވޭ މަސައްކަތްތަކެވެ. ޖުމްލަ 12 މެންބަރުން އެ ޕާޓީ ތަމްސީލުކުރައްވާއިރު ހުށަހަޅާ ކޮންމެ ބިލަކަށް ޕާޓީގެ މެންބަރުން ބަހުސްކުރައްވައެވެ. އަދި ބިލުތަކާ ހުށަހެޅޭ ގަރާރުތައް ރަނގަޅަށް ދިރާސާ ކުރުމަށްފަހު އެއަށް ބިނާކުރަނިވި ފާޑުކިޔުން ކިޔައެވެ. އެއީ ފާހަގަކުރެވުނު ރަނގަޅު ކަމެކެވެ. ނުރަނގަޅު ކަމަކަށް ފާހަގަކުރެވުނީ މައުލޫއިން ބޭރުން ބައެއް ފަހަރު ދެކެވޭ ޒާތީ ވާހަކަތަކެވެ.

އެގޮތުން ސަކުރާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންދާ ކުއްލި މައްސަލަތައް ބޭރުކޮށް، ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީން އެ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ނަގަމުންދާ ކަމަށް ބުނެ، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން، ކޮމިޓީތަކަށް ވެސް ހާޒިރުވެ މުހިއްމު ސުވާލުތައް އުފައްދައެވެ.

މަޖިލީހުގެ އިތުރުން އެ ޕާޓީގެ ޕެނަލް ޑިސްކަޝަންތަކަކީ ވެސް ފާހަގަކޮށްލެވޭ މުހިއްމު ޑިސްކަޝަންތަކެކެވެ. އިލްމީ ވާހަކަތަކެއް ދެކެވޭއިރު ސަރުކާރުގެ ސިޔާސަތުތަކަށް ބިނާ ކުރަނިވި ފާޑުކިޔުން ކިޔައެވެ. އެގޮތުން ހަމައެކަނި އެންމެ ފުރަތަމަ ޕެނަލް ޑިސްކަޝަންއަށް ބަލާލިނަމަވެސް މިކަން ހެއްކަކަށް ފުދެއެވެ.

އާންމުކޮށް ހުޅުވާލައިގެން އެ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވަނީ ބަންކަރިންގް ސާވިސް ޚިދުމަތް ތައާރަފްކުރުމާ ގުޅޭ ގޮތުން މުހިއްމު ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން އެކަމުން ކުރާނެ އަސަރާ ލިބޭނެ މަންފާ އަދި އެ މަންފާ ހޯދާނެ ގޮތް ވަރަށް ތަފްސީލު ކޮށް ކިޔައިދެއްވިއެވެ. ފައްޔާޒްގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ މިފަހުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާ ނަންބަރުތަކާއެކު ވަރަށް ގިނަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

މިއީ ހުސް ފާހަގަކޮށްލެވޭ ރަނގަޅު ކަންކަމެވެ. ފާހަގަކޮށްލެވޭ ނުރަނގަޅު ކަންކަން އެއްފަރާތުގައި ބަހައްޓާލާނަމެވެ. އާ ފެށުމެއްގެ ވާހަކަދައްކާއިރު ކުރާ ރަނގަޅުކަންކަމަށް އަލިއަޅުވާލުން މުހިއްމު ކަމަށް ދެކެމެވެ. ކޮންމެއަކަސް މި ފެށުން ރަނގަޅުތޯ ނުވަތަ ނޫންތޯ ނިންމާނީ ތިބޭފުޅުންނެވެ. މި ފެށުމަށް ދޭނީ އޭ ގްރޭޑެއްތޯ ނުވަތަ އެފް ގްރޭޑެއްތޯ ވެސް ނިންމާނީ ހަމަ ތިބޭފުޅުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: