ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީގެ ހިދުމަތް ހަރުދަނާކުރުމުގެ ގޮތުން ވަކި ފެންވަރެއްގެ އުޅަނދުތައް ގެނައުން ހިމެނޭ: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު އަމީން ކެބިނެޓްގެ ބައްދަލުވުމަކަށް ވަދެވަޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޓެކްސީގެ ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ވަކި ފެންވަރެއްގެ ޓެކްސީތައް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހާަމަކުރައްވައިފިއެވެ.

ޓްރެފިކް މައްސަލަ ހައްލުކުރުމުގެ ގޮތުން ޓްރާންސްޕޯޓުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީންވަނީ ޓެކްސީ ލައިނެއް ހެދުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއިމެދު ބައެއް އޮޅުންތައް ހުރިކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީ ލައިނެއް ހެދުމުގެ މަސައްކަތްތަކަކީ ވަކި ބައެއްގެ ވިޔަފާރިއެއް ގެއްލޭ ގޮތަށް ނުވަތަ ވަކި ބަޔަކު ސާކަޓުން ބޭރުވެގެންދާ ގޮތް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއް ނޫންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދެކެވެމުން ދަނީ އާންމު ރައްޔިތުންނަށް ޓެކްސީގެ ހިދުމަތްތައް ޔަގީންކަމާއިއެކު ލިބެގެންދާނެ ނިޒާމެއް ގާއިމުކުރުމުގެ ވާޙަކަ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން އައު ވަކި ފެންވަރެއްގެ ޓެކްސީތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަން ހިއްސާކުރެއްވިއެވެ. އަމީން ވިދާޅުވީ، މި މަސައްކަތްތައް މެދުވެރިކޮށް ޕެސެންޖަރުންނާއި ޑްރައިވަރުގެވެސް ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި އިންތިޒާމުތައް ހުންނާނެކަމަށެވެ.

އަމީން ވިދާޅުވީ، އަދި ބައެއް ނިންމުންތައްވެސް ނިންމަން ހުރިކަމަށެވެ. އެގޮތުން އެސްއޯއީއެއްގެ ތެރެއިން އެ މަސައްކަތްތައް ކުރާނީތޯ ނުވަތަ ޓެކްސީތައް ގެނައުމަށްފަހު ދަފްތަރުގައި ތިބި ފަރާތްތަކަށް ކޮންޓްރެކްޓް އުސޫލުންދޭނީ ތޯ ފަދަ ނިންމުންތައް ހިމެނޭކަމަށް އިޝާރާތްކުރެއްވިއެވެ.

އެހެންނަމަވެސް ބައެއް ކަންކަން މިހާރު ޔަގީންކުރައްވާކަަމަށާއި އެކަންކަމުގެ ތެރޭގައި ޓެކްސީ ބޭނުންވާ ފަރާތްތަކަށް ޓެކްސީ ލިބުމާއި ސެކިއުރިޓީ އަދި މިހާރަށްވުރެ ފެންވަރު ރަނގަޅު ޓެކްސީތައް ގެންނާނެކަން ޔަގީންވާކަމަށް ހާމަކުރެއްވިއެވެ. އަދި މިހާރު މިނިސްޓްރީއިން ކުރަމުންދަނީ އެ ތިންކަންތައް އަސާސްއެއްގެ ގޮތުގައި ބަލައިގެން މަސައްކަތްތައް ބައްޓަންކުރުމަށް އެންމެ ރަނގަޅު މޮޑެލްއެއް ދެނެގަތުމުގެ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: