ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ބާރު ދިން ނަމަވެސް ރައްޔިތުންގެ ފައިސާގައި ނުޖެހޭނެ: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޭމް ކުރުން ހުއްޓުވުމަށް ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިން ނަމަވެސް އެކައުންޓުތަކުގައި ހުންނަ ފައިސާގައި ފުލުހުން ނުޖެހޭނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، (އައިބީ) ވިދާޅުވެއްޖެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފައިސާ ދައުރު ކުރުން ހުއްޓުވުމަށް ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓުމުގެ ބާރު ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި މިހާރު ބުނާ ގޮތުން ތިން ހާލަތެއްގައި ބޭންކު އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތްތައް މޮނީޓާރ ކުރުމަށް ކޯޓު އަމުރަކަށް އެދުމުގެ ބާރު ފުލުހަށް ލިބިގެންވެއެވެ.

އޭގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމު ކުރާ ކުށެއްކޮށްފައިވާ މީހާއާއި އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ މީހާ އަދި އެފަދަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ މީހާ ހިމެނެއެވެ. އަދި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމު ކުރާ ކުށެއްގެ އަމަލުން ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި މަންފާ ލިބިފައިވާ މީހާއާއި ޖިނައި ބޮޑު ކުށެއްގެ އަމަލުން މަންފާއެއް ލިބިގަތުމުގެ ފުރުސަތު އޮތް ނުވަތަ އެ މަގުމަތިވާ މީހާ ހިމެނެއެވެ.

ޖިނާއީ ބޮޑު ކުށެއް ފާހަގަވެ އެ އެކައުންޓުގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އެދި ކޯޓު އަމުރަކަށް އެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވީ ނަމަވެސް ބަޔާން ކުރާ ކުށްތަކުގެ ތެރޭގައި ސްކޭމް ނުހިމެނެއެވެ. އެހެންވެ، ކުޑޫގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ މަކަރާއި ހީލަކުން އޮޅުވާލައިގެން އެކައުންޓުގެ ވެރިފަރާތަށް ނޭނގި ފައިސާ އޮޅުވާލައިގެން ނަގަމުންދާ ނަމަ މައްސަލަތަކުގައި ކޯޓު އަމުރެއް ހޯދުމުގެ ބާރު ހިމެނުމަށެވެ.

އެކަން ފާހަގަކުރައްވާ އިބްރާހިމް ދީދީ ވިދާޅުވީ އެކައުންޓުތަކުގައި ހުންނަ ފައިސާ ވާނުވާ ނޭގި ގެއްލިގެން ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ތަހުޤީގުކޮށް ފިޔަވަޅެއް އަޅަން ބަލާއިރު ކޯޓު އަމުރަކާއެކު ދާންވާއިރަށް އެ ފައިސާ ޚަރަދުކޮށްލާ ކަމަށެވެ. އަދި ދެން އެ ފައިސާ އަނބުރާ ނުލިބޭ ކަމަށެވެ.

އެބޭފުޅުންނަށް ބޭނުން އެބަވޭ ބައެއް ހާލަތުތަކުގައި މިހެން ހިފެހެއްޓުމުގެ ބާރު ލިބިގަންނަން. އޭގެ މާނައަކީ އެކައުންޓުތައް ބަންދުކޮށްގެން އެ އެކައުންޓުތަކުގައި ހުރި ފައިސާ ބޭނުންކުރާ ވާހަކައެއް ނޫން. ބެންކުން އެކައުންޓުގައި ހުރި ފައިސާގެ ހުރިހާ ކަމެއް ބަލަހައްޓާނީ.

މެންބަރު ވިދާޅުވީ އެ ބާރު ފުލުހުންނަށް ދިން ނަމަވެސް ރައްޔިތުންގެ އެކައުންޓުގައި ހުންނަ ފައިސާ ފުލުހުން ނުނަގާނެ ކަމަށެވެ. އަދި ހުށަހެޅުނު އިސްލާހުގައި ބަޔާންކޮށްފައި ވަނީ އެ މައްސަލަ ބަލާ ނިމެންދެން ފުލުހުންނަށް އެ ބާރު ދޭ ގޮތަށް ކަމަށް އެކަނި ކަމަށެވެ.

ސްކޭމްގެ މައްސަލައެއްގައި ހިމެނޭ އެކައުންޓެއް ހިފެހެއްޓުމަށް ކޯޓު އަމުރެއް ނުރުމަށް ހޭދަވާ ވަގުތުގެ ތެރޭގައި އެކައުންޓުގައިވާ ފައިސާ ނުވަތަ ޓްރާންސްފާ ކުރި އެކައުންޓުތަކުގެ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންނަށް ނެރެވިދާނެ އެވެ.

އެކަމަކު އެ އަމުރެއް ނެރެވޭނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުތަކުން ފެށިގެން މަތީ އޮފިސަރަކަށެވެ. އަދި އެ އަމުރެއް ލަސްނުކޮށް އެ އެކައުންޓު ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަންވާނެކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: