ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ތަޖުރިބާކާރުންގެ ހިޔާލު މުހިންމު: އަދާމް ޝަރީފް

ލާމަރުކަޒީ ނިޒާމު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް ގެނައުމުގެ ކުރިން އެ މަސައްކަތް ކުރިން ކުރެއްވި ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަދި ތަޖުރިބާ ހޯދުން ވަރަށް މުހިންމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނު އެކުލަވާއިލުމުގައި އެންމެ މުހިންމު މަސައްކަތް ކުރެއްވި 8 ބޭފުޅަކާއި ވަޒީރު ވަނީ ބައްދަލު ކުރައްވާފައެވެ. ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެފަދަ ބޭފުޅުންގެ ލަފާ ވަރަށް މުހިންމުވާނެ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

އެ މަސައްކަތް މީގެ ކުރިން ކޮށްދެއްވި، ބޭފުޅުން އެ ކޮށްދެއްވި އަގުހުރި މަސައްކަތަށް ތައުރީފު ކުރައްވައި، ވަޒީރު ވިދާޅުވީ، އެފަދަ މަސަައްކަތްތަކެއް ކޮށްދެއްވުމަށް މިހާރުވެސް އެބޭފުޅުން ތައްޔާރަށް ތިއްބެވިކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ހާއްސަ ޝުކުރެއްވަނީ ދަންނަވައިފައެވެ.

”އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތުގައި އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ އަދި ވަރަށް ބޮޑު އުއްމީދެއް އާވެގެން ދިޔަކަމެއް ތިޔަ ހުރިހާ ބޭފުޅުންނަކީ ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާ ފުޅާއި އިރުޝާދާއި އެކުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ ތަޖްރިބާއާއި ދަސްކުރެއްވި ކަންތައްތަކުގެ އަލީގައި ލާމަރުކަޒީ ނިޒާމަށް ވަރަށް ހެޔޮބަދަލުތަކެއް ގެނައުމުގެ ފުރުސަތު އޮތް ބޭފުޅުން ތަކެއްކަން މިހާރުގެ ރައީސުލްޖުމުހުރިއްޔާ ކުރީގެ ސިޓީ ކައުންސިލް މޭޔަރު ފާހަގަކުރެއްވެވީ ވަރަށް ހަރުދަނާ ބޭފޫޅުންތަކެއް ކަމަށް ތިޔަ ބޭފުޅުންނަކީ “ މިނިސްޓަރ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ދިރާސާތައް ކުރާއިރު، ރައީސް ޑރ. މުހައްމަދު ވަނީ ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމާއި ގުޅޭ މަސައްކަތް އިއުލާނު ކުރައްވާފަ އެވެ. އަދި އޭގެ ކުރިން މަޖިލީހަށް ހުށަހެޅުނު އެހެން މައްސަލައެއްގައި ވެސް މެމްބަރުން ވަނީ، ކައުންސިލްތަކުގެ ބައި އިލެކްޝަން ކައިރިކައިރީގައި ބާއްވަން ޖެހޭތީ ދައުލަތަށް ބުރަ ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން، އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތައް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާވެގެން ދާނީ ރައްޔިތުންގެ ފަރާތުން ކައުންސިލުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެ ފަރާތްތަކުގެ އެއްބާރުލުން ދިނުމުގެ އިތުރުން ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހުރިހާ ބާރުތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ކައުންސިލްތައް ޖަވާބުދާރީ ކުރުވުމަށް އިލްތިމާސް ކުރައްވައި މިނިސްޓަރ ވިދާޅުވީ ހަގީގީ މާނައިގައި ލާމަރުކަޒީ ހުރިހާ ބާރެއް ރަނގަޅު ކުރުމުގެ ފުރުސަތާއި އެ އިހުތިޔާރު އޮތީ ރައްޔިތުންނަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: