ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އާރބަން ޑިވެލޮޕްމެންޓް ބިލަށް“ އާންމުގެ ޙިޔާލު ހޯދަނީ

އާރބަން ޑިވެލޮޕްމެންޓް ބިލު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލިހުގައި އޮތް އާރބަން ޑިވެލޮޕްމެންޓް ބިލަށް އާންމުގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މިިކަން ހާމަކޮށް ރައްޔިތުން މަޖިލިހުން 20 އޮގަސްޓް 2024 ގައި ވަނީ އިއުލާން ކޮށްފައެވެ. މި އިއުލާނުގައި ބުނެފައިވަނީ އާރބަނ ޑިވެލޮޕްމެންޓް ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލާކަމަށާއި މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން ދިރާސާ ކުރަމުންދާ ބިލެއް ކަމަށެވެ.

އާރބަނ ޑިވެލޮޕްމެންޓް ބިލަށް ހިޔާލު ނުވަތަ ކޮމެންޓް ހުށަހެޅުމުގެ ސުންގަޑިއަކީ މި އޮގަސްޓް މަހުގެ 25 ވާ އާދިއްތަ ދުވަހުގެ 16:00 އެވެ.

ސަރުކާރުގެ ފަރާތުން އާރބަން ޑިވެލޮޕްމެންޓްގެ ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަޙައްދު ތަރައްޤީކުރުމާގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އަރބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އަރބަން ސަރަޙައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާކޮށް ފިޔަވަޅުއެޅުމާއި ބެހޭ އުސޫލުތައް ބާޔާންކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: