ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކްރީން ޓައިމް އިތުރުވުމުން ކުރާނެ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް!

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކިންޑަރ ޕްރީސްކޫލްގެ ބެލެނިވެރިންނަށް ސްކްރީން ޓައިމްއާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކިންޑަރ ޕްރީސްކޫލްގެ ބެލެނިވެރިންނަށް ސްކްރީން ޓައިމްއާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް ނަގައިދީފިއެވެ.

މި ސެޝަން ނަގައިދީފައި ވަނީ އެ ސުކޫލުގެ އެދުމުގެ މަތިން 20 އޮގަސްޓް 2024 ވީ އަންގާރަ ދުވަހުގެ 20:30 ގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރ ފާތިމަތު ބައްރަ އިބްރާހިމް އަދި ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ތަސްލީމް އަބްދުލް ރަހީމްއެވެ.

މި ސެޝަނުގައި ވަނީ ސްކްރީންޓައިމް އިތުރުވުމުގެ ސަބަބުން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާއި، ސްކްރީންޓައިމް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ސްކްރީންޓައިމް ދިނުމުގައި ސަމާލުކަން ދޭންވީ ކަންކަމަށް އަލިއަޅުވާލާފައެވެ.

ސްކްރީން ޓައިމް އިތުރުވެގެން ދިއުމަކީ ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެއް ކަމަށާއި، އަދި އެއީ ކުއްޖާ ހެދިބޮޑުވުމާއި ސިކުނޑި ތަރައްޤީވުމާއި، ކަންކަމުގައި ކުދިން ވިސްނާ މިންވަރު މަދުވުންފަދަ މައްސަލަތަކާއި ކުރިމަތިވާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ ކުދިންގެ ހެދިބޮޑުވުމާއި ގުޅުންހުރި ތަފާތު މަޢުލޫތަކަށް ބެލެނިވެރިންނާއި މުޖުތަމަޢު ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: