ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ފަހަރު ލޮރީތަކުގައި ގުރޫޕު ހަދާފަވެސް ހުޅުމާލެ ހޮސްޕިޓަލަށް ބިދޭސީން އާދޭ: ހަލީމް

އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ހޮސްޕިޓަލަށް ދެއްކުމަށް ގިނަ އަދަދެއްގެ ބިދޭސީން އަންނަކަމަށާއި ބައެއް ފަހަރު ލޮރީތަކުގައި ގުރޫޕުތައް ހަދައިގެން ވެސް އަންނަކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރް (ސީއީއޯ) އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެމްބަރުންނާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ސީއީއޯ ހަލީމްވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އާބާދީއާއި އީއާރްގެ ކެޕޭސިޓީއާއި ނުބައްދަލުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. ހަލީމް ވިދާޅުވީ، އީއާރްގައި ހުރީ އެންމެ 7 އެނދުކަމަށާއި އެހެންނަމަވެސް އެތަނުން ހިދުމަތް ލިބިގަންނަނީ ހަމައެކަނި ދިވެހިން ނޫންކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވަރަށް ބައިވަރު ބިދޭސީންވެސް އެތަނުން ހިދުމަތް ލިބިގަތުމަށް އަންނަކަމަށެވެ. އެގޮތުން ލޮރީތަކުގައި ގުރޫޕު ހަދާފައިވެސް ސިއްހީ ހިދުމަތްތައް ފުރިހަމަކުރުމަށްޓަކައި އަންނަކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އީއާރްއަށް އައުމުން ހިދުމަތް ނުދީ ނުވާނެކަމަށާއި ކޮންމެ މީހަކަށްވެސް ހިދުމަތް ފޯރުކޮށްދޭންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލްތަކުގައި ލިމިޓޭޝަންތަކެއް ހުރިކަމަށާއި އިސްލާހު ކުރަންޖެހޭ ބައިވަރު ކަންކަންވެސް ހުރިކަމަށް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: