ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހަވާލުވިއިރު އައިސް ޕްލާޓްގެ ހާލަތު ހުރީ ގޯސްކޮށް: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ހަވާލުވިއިރު އައިސް ޕްލާންޓްގެ ޙާލަތު ހުރީ ގޯސްކޮށް ކަމަށް ފިޝަރީސް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މިނިސްޓްރީ ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގައި މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި ހަވާލުވިއިރު އައިސް ޕްލާންޓްގެ ޙާލަތު ގޯސްކޮށް އޮތް ނަމަވެސް، އެޙާލަތު ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކުރަން ހުރި އިތުރު މަސައްކަތް ތަކެއް އެބަހުރި ކަމަށެވެ.

“ ހަވާލުވިއިރުގައި އައިސް ޕްލާންޓްގެ ޙާލަތު ހުރީ ވަރަށް ގޯސްކޮށް، އަދި ހަމަ އެހާލަތު ބަދަލު ކުރެވުނީކީވެސް ނޫން. އެ ހާލަތު ބަދަލުކުރެއްވުމަށްޓަކައި މަސައްކަތްތަކެއްވެސް ކުރެވިއްޖެ، އަދި ކުރަން ހުރި މަސައްކަތްތައްވެސް އެބަހުރި.“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި އައިސް ޕްލާންޓްގެ މެނޭޖްމެންޓް އާއި ހާވާލުވެފައި ވަނީ ފެނަކައިން ކަމަށާއި ނަމަވެސް އައު މެނޭޖް މެންޓް އައިސް ޕްލާންޓް ފެނަކައިގެ ދަށުން އޮޕަރޭޓް ކުރާން ބޭނުންނުވާ ކަމަށް ވަނީ ފާހަގަކުރައްވައި ފައެވެ. މިނިސްޓަރ ވިދާޅުވީ، ފެނަކައަކީ ގެއްލުމުގައި ހިންގަންޖެހޭ ކުންފުންޏަކަށް ވުމުގެ ސަބަބުން އަދި އައިސް އަކީ ވަކި އަގެއްގައި ހިފަހައްޓަންޖެހޭ އެއްޗަކަށް ވުމުން، ފެނަކައަށް އެތަން ހިންގުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

އައު ސަރުކާރާއި އެކީގައި އަޅުގަނޑުމެންނަށް އިގުނީ، އައު މެނޭޖްމެންޓްއަކުންވެސް ބޭނުމެއް ނުވޭ އައިސް ޕްލާންޓްތައް ފެނަކައިގެ ދަށުގައި ބަހައްޓައިގެން އޮޕަރޭޓް ކުރާކަށް، ފެނަކައަކީ ގެއްލުމުގައި ހިގަންޖެހޭ ކުންފުނިއަކަށް ވާތީ އާއި އެކީގައި އަދި އައިސް އަކީވެސް ވަކި އަގެއްގައި ހިފަހައްޓަން ޖެހޭ އެއްޗެއް

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުން އަންނައިރު އެކަމަށް ފެނަކައިން ދަނީ ހައްލެއް ލިބެންދެން އެއްބާރުލުން ދެމުން ކަމަށެވެ. އެހެން ކަމުން އައިސް ޕްލާޓް ފެނަކައިން ވަގުތީ ގޮތުން އޮޕްރޭޓް ކުރާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

އެ ވުޒާރާއިން ވަނީ އައިސް ޕްލާންޓް ފަސް ރަށެއްގައި އެޅުމަށް އިއުލާންކޮށްފައެވެ. އަދި  އެކަމަށް ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިޢުލާނުކޮށްފިއެވެ.

އެ ވުޒާރާއިން ކުރި އިއުލާނުގައިވަނީ ސަޢޫދީ ފަންޑުގެ އެހީގައި ހއ. އިހަވަންދޫ، ހއ. ދިއްދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ އަދި ގދ. ރަތަފަންދޫގައި  50 ޓަނުގެ އައިސް ޕްލާންޓް އެއް އެޅުމަށް ނިންމައިފައެވެ.

ބިލުގައިވާ ގޮތުން ބީލަން ހުށަހަޅާ ފަރާތްތަކުން އަނބުރާ ނުލިބޭގޮތަށް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 250,000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. މި މަޝްރޫޢުގެ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އިންޓަނޭޝަނަލް ބިޑިންގ އުސޫލުންނެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ. ސަޢޫދީ ފަންޑުގެ އެހީގައި 11 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 25 އައިސް ޕްލާންޓުން މިހާރުވެސް ޚިދުމަތް ދެމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: