ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމްގެ ސްޕީޗު ލިޔެފައި ވަނީ އިނގިރޭސި ބަހުން: މަޖިލިސް

މަޖިލީހުގެ ރައީސް އަބްދުރައްހީމް: ފޮޓޯ / މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ 2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވި ސްޕީޗު އޮތީ އިނގިރޭސިން ލިޔެފައިކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ ރައީސް އަދި ވަފުދެއް ޗައިނާގައި އޮތް 2024 އިންޓަރ ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސްގައި ބައިވެރިވެފައިވާއިރު، ރައީސް އަބްދުއްރަހީމް ވަނީ މި ސެމިނާރގައި ސްޕީޗެއް ދެއްވާފައެވެ. އެމަނިކުފާނުގެ ތަޤްރީރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމާބެހޭ ގޮތުން އަލިއަޅުއްވާލައްވާފައިވާއިރު އިނގިރޭސިން އަބްދުއްރަހީމް ދެއްވި ސްޕީޗު ލިޔެފައި އޮތީ ކޮން ބަހަކުންތޯ ބައެއް މީޑިއާތަކުންވަނީ ސުވާލުކޮށްފައެވެ.

މަޖިލީހުގެ އިދާރާއިންވަނީ އެ މައުލޫމާތުތައް ސާފުކޮށްދީފައެވެ. އެގޮތުން ސްޕީޗު ލިޔެފައި އޮތީ އިނގިރޭސި ބަހުންކަމަށާއި އެމަނިކުފާނު ވިދާޅުވުމަށް ގެންގުޅުއްވި ގަނޑުގައިވެސް ލިޔެފައި އޮތީ އިނގިރޭސިންކަމަށް ހިއްސާކޮށްފައިވެއެވެ. މަޖިލީހުންވަނީ އަބްދުއްރަހީމް ގެންގުޅުއްވި ގަނޑު ސާފުކޮށް ފެނިގެންދާ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

ޗައިނާގައި ކުރިއަށް ގެންދިޔަ ސެމިނާރގައި ދެއްވި ތަގުރީރުގައި އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ވަކި ހާއްސަ ހާލަތްތަކަށާއި ވަސީލަތްތަކަށް ރިޢާޔަތްކުރަންޖެހޭކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މި ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށްވެސް ވަކި ހާއްސަ ގޮންޖެހުންތަކަކާއި ފުރުޞަތުތަކެއް އެބަހުރިކަމަށް ފާޙަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، އެންމެންނަށް ފައިދާ ލިބޭފަދަ އިގްތިސާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި ދެމެހެއްޓިނިވި އުސޫލުތަކަށާއި ޑީމޮކްރެސީގެ އުސޫލުތަކުގެ އިތުރުން ބައިނަލްއަގުވާމީ އެއްބާރުލުމަށް އަހައްމިއްޔަތުކަން ދިނުން މުހިންމުކަަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، ދިވެހިރާއްޖެއިން އެކަމަށް ވަރަށް ބޮޑަށް އިސްކަން ދޭކަމަށާއި އެކަމުގައި ޗައިނާ އަދި އެހެން ގައުމުތަކާއި އެކުވެސް ގުޅިގެން މަސައްކަތްތައް ކުރައްވަން ބޭނުންވެވަޑައިގަންނަވާކަން ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: