ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭނުގެ މަސްވެރިކަން ކުރުން މަނާކުރުމަކީ ސިޔާސީ ނިންމުމެއް، މިއީ އާމްދަނީ އިތުރުކުރެވިދާނެ މަގެއް: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ހުއްދަ ޖުލައި 2019 ވަނަ ދިނުން ހުއްޓާލީ އޭރުގެ ސަރުކާރުގެ ސިޔާސީ ނިންމުމެއްގެ ދަށުންކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޝަރީސް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އޭރު ލޭނުގެ މަސްވެރިކަމަށް ދީފައި އޮތް ހުއްދަ ހުއްޓާލީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ވޯނިންތަކެއް ހުރެގެން ކަމަށެވެ. އެއީ ސިޔާސީ ނިންމުމެއްކަމަށް ވިދާޅުވިއެވެ. ލޭނު މަސްވެރިކަން ހުއްޓާލުމަށް ރާއްޖެއަށް އީޔޫއިން އަންގާފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިކަން ކުރުމަށްވެސް މިންގަނޑުތަކެއް ހުންނައިރު، ރާއްޖޭގައި މިކަން ވަރަށް ރަނގަޅަށް މެނޭޖުކުރާކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދުނިޔޭގެ ގައުމުތައްވެސް މިސާލެއްގެ ގޮތުގައި ރާއްޖެ ބަލާކަމަށެވެ. އޭރު ރާއްޖޭގެ ލޭނު މަސްވެރިކަމުގައި ހުރީ ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއްކަމަށް ވިދާޅުވިއެވެ.

އެއްވެސް ހާލެއްގައި ލޭނު މަސްވެރިކަން ހުއްޓާލަން އީޔޫއަކުން އޭރަކު އަންގާފައި އޮވެގެންނެއް ނޫން އެކަން ހުއްޓާލީ.

ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމުން މަސްވެރިކަމުގެ ސިނާއަތުން ބޮޑު އާމްދަނީއެއް ލިބޭނެކަމަށެވެ. އެ މަސްވެރިކަމުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

ލޭނުގެ މަސްވެރިކަން މިނިސްޓްރީއިން ރަނގަޅަށް މޮނީޓާ ކުރަމުން ދާނެކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ލޭނު އެޅުމަށް އުޅަނދުތައް ހަރަކާތްތެރިވާ ގޮތާއި ގަވައިދަށް އަމަލު ކުރާ ވަަރު މޮނީޓާ ކުރަން މޮނިޓަރިން ކެޕޭސިޓީ މިނިސްޓްރީގައި ގާއިމް ކުރާނެކަމަށެވެ. ލޭނު އަޅަން ހުއްދަ ދޭނީ އޭގެ ފަހުންކަމަށް ވިދާޅުވިއެވެ.

ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މި ހުއްދަ އަލުން ދީފިނަމަ ކުރާނެ ނޭދެވޭ އަސަރުތަކާއި ގުޅޭ ގޮތުން މަސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ފަރާތްތަކާއި، އަދި ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ވަކާލާތު ކުރާ ފަރާތްތަކުގެވެސް ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: