ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުން ކުރެވޭ ޑޮލަރު ރިޒާވް ހުސްވެފައިވާކަމަށް ބުނެ ފަތުރަނީ ދޮގެއް: ސައީދު

ވީއައިއޭ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާވް އެއްކޮށް ހުސްވެފައިވާކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ދޮގު ކުރައްވައިފި އެވެ.

މިއަދުގެ ވަގުތެއްގައި ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާވް ހުސްވެފައިވާކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެހެން ނަމަވެސް އެ ހަބަރުތައް ދޮގުކޮށް، މިނިސްޓަރ ސައީދު ވިދާޅުވީ އެއީ އެއްވެސް އަލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވާކަމަށް ރިޕޯޓުތަކެއް އައިނަމަވެސް، ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފަ އެވެ. އަދި ދަތިތައް ދިމާވަނީ، މީގެ ކުރީގައި ފައިނޭންސްތައް ރަނގަޅަށް މެނޭޖު ނުކުރެވި ލޯނުތައް ނަގާފައި ހުރުމުންކަމަށް ވަނީ ބުނެފަ އެވެ.

ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުސްވެއްޖެކަމަށް ….. މިއަދު ޝާއިޢުކުރި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއް“ ސައީދު ވިދާޅުވި އެވެ.

ދާދިފަހުން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ބުނެފައި ވަނީ، ޕްރޮޖެކްޓުތަކަށް ބަޖެޓު ހިމެނުމުގައި އަންރިއަލިސްޓިކް އަދަދުތައް ޖަހާފައިވާކަމަށެވެ. އަދި ބޮޑު ހަރަދު ހިނގާނެ މަޝްރޫއުތަކަށް ވެސް ބޮޑެތި އަދަދުތައް ޖަހާފައި ހުރިއިރު އެކަން ކުރީގެ ބަޖެޓުތަކުން ތަކުރާރުވެފައިވާކަމަށް ވެސް ފާހަގަކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، 120 ބިލިއަންގެ ދަރަންޏެއް އޮއްވައި އެމަނިކުފާނު މަސައްކަތް ކުރައްބަމުން ދަނީ ފައިސާ ޗާޕު ނުކޮށް ގައުމު ހަމަ މަގަށް އެޅުވުމަށް ކަމަށެވެ.

ކުރީ ސަރުކާރުން ފައިސާ ޗާޕު ކުރީ، ގައުމުގެ އިންފްލޭޝަނަށް ކުރާނެ އެއްވެސް އަސަރަކަށް ބެލުމެއް ނެތިކަން ފާހަގަކޮށް ރައީސް ވިދާޅުވީ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އިންތިހާއަށް އުފުލި ދިވެހި ފައިސާގެ އަގު ވެއްޓުނު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: