ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

75 އަހަރު ވަންދެން ދަޢުލަތުގެ ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދަޢުލަތުގެ ވަޒީފާތަކުން މުސްކުޅި ކުރެވިފައިވާ ފަރާތްތަކާއި އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމި ތިބުމަށް އެދޭ ފަރާތްތަކަށް، އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ފަހި ކޮއްދިނުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ އަދި މުސްކުޅިކުރެވޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރިއައުމަށް އެދޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އުމުރުން 75 އަހަރުވުމާއި ހަމައަށް ވަޒީފާ ޢަދާކުރުމުގެ ފުރުސަތު ފަހިކޮއްދިނުމުގެ ޢަމަލީ މަސައްކަތް ދަޢުލަތުގެ ހުރިހާ މުވައްސަސާތަށް ހިމެނޭހެން ވަނީ ފަށާފައެވެ.

އެގޮތުން، ދަޢުލަތުގެ އެކި އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް މިނިސްޓްރީ އޮފް ހަޔަރ އޭޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑީވެލޮޕްމަންޓްއިން ކުރިއަށްގެންދަންފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔުމަށް، ދައުލަތުގެ އެކި އިދާރާތަކާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކާއި، މިނިވަން މުއައްސަސާތައް ހިމެނޭހެން މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެއެވެ. މި ބައްދަލުވުންތަކުގެ މަޤްސަދަކީ، އެ އިދާރާތަކުގައި ވަޒީފައިން މުސްކުޅިކުރެވޭ ނުވަތަ ވަޒީފާގައި ދެމިހުރެވޭ އެންމެ ދޮށީ އުމުރާ ގުޅޭގޮތުން އެ އިދާރާތަށް އަމަލުކުރަމުންގެންދާ ގަވާއިދުތަކާއި އުސޫލުތަކުގެ މަޢުލޫޠު ހޯދާ، މިހާރު މިނިސްޓްރީއިން ޑްރާފް ކުރެވިފައިވާ ބިލުގެ ފުރަތަމަ ޑްރާފްޓާއި މެދު އެ އިދާރާތަކުން ދެކޭގޮތް ހޯދުމެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެދިލެއްވުމާ އެއްގޮތަށް ކުރިއަށް އޮތް މަސްދުވަހެއްގެ ތެރޭގައި މި ބިލް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 44%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 44%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: