ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުހަރު ފެނުނީ ދަންޖެހިފަ ހުއްޓާ، 23 މިނެޓުތެރޭ ހޮސްޕިޓަލަށް ގެންދެވުނު: ފުލުހުން

އައިޖީއެމް ހޮސްޕިޓަލް ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި އާދަމް އަތުހަރު ދަންޖެހިފައިވާ މަންޒަރު، ޖަލު ކެމެރާ މޮނިޓަރ ކުރަމުންދަނިކޮށް ފެނުނީ ރޭ 07:02ގައި ކަމަށާ އޭގެ 23 މިނެޓު ފަހުން 07:25ގަ އޭނާ އައިޖީއެމްއެޗްގެ އިމާޖެންސީއަށް ގެންދެވުނު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު ދޫނިދޫ ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި މައްސަލައިގެ ޓައިމްލައިން ހިއްސާކޮށްފައެވެ.

ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ފެނުނު ވަގުތު ޖަލު ގޮޅި ހުޅުވާ، އޭނާ ތިރީގައި ބޭއްވުމަށްފަހު 07:05ގައި ސްޓްރެޗަރަށް ލައިގެން ގޮޅިން ނެރެފައިވެއެވެ. އަދި އޭގެ މިނިޓެއްފަހުން 07:06ގައި ދޫނިދޫ ކުލިނިކަށް ގެންގޮސް ޑޮކްޓަރު އޭނާގެ ހާލަތު ބެލުމަށްފަހު 07:14ގަ އޭނާ ވަނީ އިމާޖެންސީގައި ލޯންޗުގައި މާލެ ގެނަސްފައެވެ.

ފުލުހުންގެ ޓައިމްލައިނުން އެނގޭ ގޮތުގައި އައިޖީއެމްއެޗަށް ގެންދިއުމަށް އަތުހަރު އެމްބިލާންސަށް އެރުވުނީ އޭގެ ތިން މިނެޓުފަހުން 07:17ގައެވެ. އަދި 07:25ގައި އައިޖީއެމްއެޗްގެ އިމާޖެންސީއަށް ގެންގޮސްފައިވާ ކަމަށް ވެސް ޓައިމްލައިނުން ދައްކައެވެ.

ވަޅިއަކުން ބިރު ދައްކައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ށ. މިލަންދޫ، ހެޕީލޭންޑު އަތުހަރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އަތުހަރު ވަނީ އަންހެން މީހާގެ ކަރުގައި ވަޅިއެއް ޖައްސައި އެ ސަރަހައްދު ދޫކޮށްދާން މަސައްކަތްކޮށްފައެވެ. އަދި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ، އޭނާ ސައިކަލަށް އަރުވައިގެން ފިލަން އަތުހަރު މަސައްކަތްކުރިއެވެ.

އަތުހަރު ދާން ބޭނުންވި ގެއާއި ކައިރި ސަރަހައްދަކުން ފުލުހުން އޭނާ ހައްޔަރުކޮށް އަންހެން މީހާ ސަލާމަތް ކުރީ އޭނާގެ ގައިގައި މުގުރުން ޖެހުމަށް ފަހުގައެވެ. އެ ހާދިސާގެ ތެރޭގައި އަތުހަރަށް އަނިޔާވި ނަމަވެސް ފުލުހުން ބުނީ އަންހެން މީހާއަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 6%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: