ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ދަންވަރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރޭ ދަންވަރު 12:53 ހާއިރު ބޮޑުތަކުރުފާނު މަގާ ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވޭ ވާ ކަމަށް ފުލުހުން ވަނީ މީޑިއާތަކާ ހިއްސާ ކޮށްފައެވެ. އަދި މި ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެކަމުގެ މައުލޫމާތު ހިއްސާކުރައްވާ އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ’ސަންގުޓީވީ‘ އަށް ވިދާޅުވީ އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ދާދިފަހުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ކާރެއް ކޮންޓްރޯލު ނުވެ ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: