ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެމެރިކާގެ އިންތިޚާބުގެ ވޯޓު ނަތީޖާތައް: ކާމިޔާބު ހޯދަނީ ކާކު – ހެރިސް ނުވަތަ ޓްރަމްޕް؟“

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ވޯޓުދޭ މީހުން އެމީހުންގެ ދެން އޮތް ރައީސް އިންތިޚާބުކުރުމަށް 5 ނޮވެމްބަރުގައި ވޯޓުލާން ދާނެއެވެ. އެހެންކަމުން މި ބަލާލަނީ އެމެރިކާގެ ރިޔާސީ އިންތިހާބާއި މިހާރު ކުރިއަށް ރިޔާސީ ކެމްޕެއިންއާއި ގުޅޭ ގޮތުން ބީބީސީގައި ގެނެސްދީފައިވާ ދިރާސީ ރިޕޯޓަކަށެވެ.

މި އިންތިޚާބަކީ ފުރަތަމަ 2020 ވަނަ އަހަރުގެ އިންތިޚާބުގެ އަނބުރާ އައުމެއް ކަމުގައި ވިޔަސް، ޖުލައި މަހު ރައީސް ޖޯ ބައިޑެން އޭނާގެ ކެމްޕޭން ހުއްޓާލައި ނައިބު ރައީސް ކަމަލާ ހެރިސްއަށް ތާއީދުކުރުމާއެކު މިކަން ބަދަލުވެގެން ދިޔައެވެ.

މިހާރު އުފެދޭ މުހިންމު ސުވާލަކީ – ނަތީޖާއިން ދައްކާނީ ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރެއްތޯ ނުވަތަ އެމެރިކާގެ ފުރަތަމަ އަންހެން ރައީސެއްތޯ؟އެވެ. އިންތިޚާބުގެ ދުވަސް ކައިރިވަމުން އަންނަވަރަކަށް، ޕޯލްތަކަށް ސަމާލުކަންދީ، ކެމްޕޭންގެ ސަބަބުން ވައިޓް ހައުސްއަށް ވާދަކުރުމުގައި ކޮން އަސަރެއްތޯ ކުރަމުންދަނީ ބަލަމުން ގެންދެއެވެ.

ބަހުސުގައި ކާމިޔާބު ވީ ކާކުތޯ ސަރވޭތަކުން ދައްކަނީ ކޮން ވާހަކައެއް؟

ސެޕްޓެމްބަރ 10 ވަނަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ހެރިސް އާއި ޓްރަމްޕްގެ ދެމެދުގައި ބޭއްވުނު ބަހުސް ބެލުމަށް 67 މިލިއަނަށްވުރެ ގިނަ މީހުން ޓީވީ ބެލިއެވެ. ނަމަވެސް ބަހުސުގައި ކާމިޔާބު ވީ ކާކުތޯ ސަރވޭތަކުން ދައްކަނީ ކޮން ވާހަކައެއްތޯއެވެ؟

ބަހުސާ ބެހޭގޮތުން މަދުވެގެން ކޮންމެވެސް އެއްޗެއް އަޑުއިވިފައިވާ 1،400 ރަޖިސްޓްރީ ކުރެވިފައިވާ ވޯޓަރުންގެ މެދުގައި ކުރެވުނު ރޮއިޓަރސް/އިޕްސޮސް ސަރވޭއަކުން ދައްކާގޮތުގައި 53 ޕަސެންޓް މީހުން ބުނީ ހެރިސް ކާމިޔާބު ވިކަމަށެވެ. އަދި 24 ޕަސެންޓް މީހުން ބުނީ ޓްރަމްޕް ކާމިޔާބު ވިކަމަށެވެ. މީގެ އިތުރުން މި ސަރވޭއިން ދައްކާގޮތުގައި ޤައުމީ ފެންވަރުގައި ހެރިސް ވަނީ އޭނާގެ ވާދަވެރިޔާއަށްވުރެ 5 ޕޮއިންޓް ކުރިއަށް ގޮސްފައެވެ. އެއީ 47 ޕަސެބްޓާއި އާއި 42 ޕަސެންޓެ އެވެ. މިއީ އޯގަސްޓް މަހު 45% އާއި 41% އަށް ވުރެ އިތުރު ވެފައިވާ މިންވަރެކެވެ.

އެމެރިކާގެ 1،400 ބޮޑެތި މީހުންގެ މެދުގައި ކުރެވުނު ޔޫގޮވް ސަރވޭއަކުންވެސް ދައްކަނީ މިއާ އެއްގޮތް ނަތީޖާއެކެވެ. ބަހުސް ބެލި މީހުންގެ ތެރެއިން 55% ބުނީ ހެރިސް ކާމިޔާބު ވިކަމަށެވެ. އަދި 25% ބުނީ ޓްރަމްޕް ކާމިޔާބު ވިކަމަށެވެ. ނަމަވެސް މި ސަރވޭއިން ދައްކާގޮތުގައި ވޯޓު ދިނުމުގެ ނިޔަތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ބަހުސުގެ ކުރިން ހެރިސް 46% އާއި 45% އިން ކުރިއަށް ދިޔަ ފަދައިން މިހާރުވެސް ދަނީ ހަމަ އެ މިންވަރަށް ކުރިއަށެވެ.

3،300 ވޯޓު ދޭން ގަސްދުކުރާ މީހުންގެ މެދުގައި ކުރެވުނު މޯނިންގ ކޮންސަލްޓް ސަރވޭއަކުން ދައްކާގޮތުގައި ހެރިސް ވަނީ 50% އާއި 45% އިން ކުރިއަށް ގޮސްފައެވެ. ނަމަވެސް މި ސަރވޭގައި ޓްރަމްޕް ވަނީ ބަހުސުގެ ކުރިން ހުރި 46% އިން 1 ޕޮއިންޓް ދަށަށް ގޮސްފައެވެ.

މިހާރު ލިބިފައިވާ މަޢުލޫމާތުން ދައްކާގޮތުގައި ބަހުސް ބެލި މީހުންގެ ތެރެއިން ގިނަ މީހުން ދެކޭގޮތުގައި ހެރިސް ވަނީ ކުރިއަށް ގޮސްފައެވެ. ނަމަވެސް އޭނާގެ ޕަރފޯމަންސް ވޯޓަށް ބަދަލުވާނެކަމަކަށް ނުފެނެއެވެ. އެއީ އެމެރިކާ ގިނަ މީހުން ވަނީ މިހާރުވެސް އެމީހުން ތާއީދުކުރާނެ ފަރާތެއް ކަނޑައަޅާފައި ކަމަށްވާތީއެވެ.

ޤައުމީ ސަރވޭތަކުގައި ކުރިއަށް ދަނީ ކާކު؟

މިހާރުގެ ރައީސް ބައިޑެން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ނިންމުމުގެ ކުރިން، ސަރވޭތަކުން އަބަދުވެސް ދައްކަމުން ދިޔައީ ކުރީގެ ރައީސް ޓްރަމްޕްއަށްވުރެ ފަހަތުގައި ހުރި މަންޒަރެވެ. އެ ދުވަސްވަރު ހީކުރެވުނު ގޮތުގައި، ގިނަ ސަރވޭތަކުން ދެއްކި ގޮތުން ހެރިސްއަށްވެސް މާ ރަނގަޅު ނަތީޖާއެއް ނުލިބޭނެއެވެ.

ނަމަވެސް ހެރިސް ކެމްޕޭން ފެށުމާއެކު ވާދަވެރިކަން ބޮޑުވެ، ރައީސް ޓްރަންޕަށްވުރެ ކުޑަކޮށް ކުރިއަށް ދާން ފެށިއެވެ. އަދި މިހާތަނަށް އެވަރެޖްކޮށް ޤައުމީ ސަރވޭތަކުގައި އެ ކުރިއެރުންރުން ހިފަހައްޓާފައިވެއެވެ.

މަޢުލޫމާތުތަކުން ދޭހަވަނީ ބަހުސްގައި ހެރިސް ރަނގަޅު ޕަރފޯމަންސްއެއް ދެއްކި ނަމަވެސް، އޭގެ ސަބަބުން ވޯޓު ދޭން ގަސްދުކުރާ މީހުންގެ ޚިޔާލަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަމެވެ. އެއީ އެމެރިކާގެ ގިނަ މީހުން މިހާރުވެސް ވަނީ އެމީހުން ތާއީދުކުރާނެ ފަރާތެއް ކަނޑައަޅާފައި ކަމަށްވާތީއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ހާލަތަށް ބަދަލު އަތުވެދާނެކަމަށް ބެލެވެއެވެ.

ގައުމީ ހޯދުންތަކަކީ މުޅި ގައުމުގައި ކެންޑިޑޭޓެއްގެ މަގުބޫލުކަން ހުރި މިންވަރު ދައްކައިދޭ ބޭނުންތެރި މަގެއް ކަމުގައިވީ ނަމަވެސް، އިންތިޚާބުގެ ނަތީޖާ ލަފާކުރުމަށް އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެއެވެ. އެއީ އެމެރިކާގައި ބޭނުންކުރަނީ އިލެކްޓޯރަލް ކޮލެޖް ނިޒާމެއް ކަމަށްވާތީއެވެ. މި ނިޒާމުގައި ކޮންމެ ސްޓޭޓޓޭޓަކަށްވެސް އެ ސްޓޭޓެއްގެ އާބާދީއާ ގާތްގަނޑަކަށް އެއްވަރު ވޯޓު އަދަދެއް ދެވެއެވެ. ޖުމްލަ 538 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބެން ހުންނައިރު، ކެންޑިޑޭޓަކު ކާމިޔާބުކުރުމަށް 270 ވޯޓު ހޯދަން ޖެހެއެވެ.

އެމެރިކާގައި 50 ސްޓޭޓު ހުރި ނަމަވެސް، ގިނަ ސްޓޭޓުތަކުން ވޯޓުދެނީ ގާތްގަނޑަކަށް އަބަދުވެސް އެއް ޕާޓީއަކަށް ކަމަށްވާތީ، ޙަޤީޤަތުގައި ދެ ކެންޑިޑޭޓުންނަށްވެސް ކާމިޔާބުކުރުމުގެ ފުރުޞަތު އޮންނަނީ މަދު ސްޓޭޓުތަކެއްގައެވެ. މިއީ އިންތިޚާބު ކާމިޔާބުކުރެވޭނީ ނުވަތަ ބަލިވެވޭނީ މި ތަންތަނުންކަމަށްވާތީ، މިތަންތަނަށް ކިޔަނީ..“ ވާދަވެރި ސްޓޭޓްތައް“ ނުވަތަ ”ހަނގުރާމަ މައިދާން ސްޓޭޓްތައް“ ކަމަށެވެ.

ވާދަވެރި ސްޓޭޓްތަކުގައި ކާމިޔާބުވަމުން ދަނީ ކާކު؟

މިވަގުތު، ވާދަވެރި ހަތް ސްޓޭޓްތަކުގައި ވޯޓު ހޯދުމުގެ މަސައްކަތް ވަރަށް ގާތްގާތުން ކުރިއަށްދާތީ، ޙަޤީޤަތުގައި ވާދަވެރިކަމުގައި ކުރިއަރަމުންދަނީ ކާކުކަން ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. ޤައުމީ ފެންވަރުގެ ވޯޓު ހޯދުމުގެ މަސައްކަތާ އަޅާބަލާއިރު ސްޓޭޓް ފެންވަރުގެ ވޯޓު ހޯދުމުގެ މަސައްކަތް މަދުވުމުގެ ސަބަބުން ލިބޭ މަޢުލޫމާތު މަދެވެ. އަދި ކޮންމެ ވޯޓު ހޯދުމުގެ މަސައްކަތެއްގައިވެސް އޮޅުމެއް އެކުލެވިގެންވާތީ، އަދަދުތައް މަތިވެސް ވެދާނެ އަދި ދަށްވެސް ވެދާނެއެވެ.

މިހާރު އޮތްގޮތުން، ފަހުގެ ވޯޓު ހޯދުމުގެ މަސައްކަތްތަކުން ދައްކާގޮތުގައި ގިނަ ސްޓޭޓްތަކުގައި ދެ ކެންޑިޑޭޓުންގެ މެދުގައި ތަފާތުވަނީ އެއް ޕަސެންޓަށްވުރެ ކުޑަ މިންވަރަކުންނެވެ. މީގެ ތެރޭގައި ޕެންސިލްވޭނިއާވެސް ހިމެނެއެވެ. މި ސްޓޭޓަކީ އެންމެ ގިނަ އިލެކްޓޯރަލް ވޯޓު ލިބޭ ސްޓޭޓް ކަމަށްވާތީ، މި ސްޓޭޓް ކާމިޔާބުކުރާ ފަރާތަކަށް ބޭނުންވާ 270 ވޯޓު ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

ޕެންސިލްވޭނިއާ، މިޝިގަން އަދި ވިސްކޮންސިން އަކީ 2016 ގައި ޓްރަމްޕް ރައީސްކަމަށް ކާމިޔާބުކުރި މަގުގައި ރިޕަބްލިކަން ކުލައަށް ބަދަލުކުރުމުގެ ކުރިން ޑިމޮކްރެޓިކް ޕާޓީގެ ވަރުގަދަ ތަނބުތަކެކެވެ. ބައިޑެން 2020 ގައި އެ ސްޓޭޓްތައް އަނބުރާ ހޯދިއެވެ. އަދި ހެރިސްއަށް މިއަހަރު އެކަން ކުރެވިއްޖެނަމަ، އޭނާ އިންތިޚާބު ކާމިޔާބުކުރުމުގެ މަގުމަތީގައި ހުންނާނެއެވެ.

ހެރިސް ޑިމޮކްރެޓިކް ނޮމިނީއަކަށް ވުމާއެކު ވާދަވެރިކަން ބަދަލުވެފައިވާ ގޮތުގެ ނިޝާނެއްގެ ގޮތުން، ޖޯ ބައިޑެން ރިޔާސީ ރޭހުން ވަކިވި ދުވަހު، އޭނާ މި ހަތް ބެޓަލްގްރައުންޑް ސްޓޭޓްތަކުގައި އެވްރެޖްކޮށް ޓްރަމްޕްއަށްވުރެ 5 ޕަސެންޓޭޖް ޕޮއިންޓް ފަހަތުގައި ހުއްޓެވެ.

ޕޯލްތަކަށް އިތުބާރުކުރެވޭނެތަ؟

މިވަގުތު، ޕޯލްތަކުން ދައްކާ ގޮތުގައި ކަމަލާ ހެރިސްއާއި ޑޮނަލްޑް ޓްރަމްޕް ވަނީ ޤައުމީ ފެންވަރުގައާއި ބެޓަލްގްރައުންޑް ސްޓޭޓްތަކުގައި 2 ޕަސެންޓޭޖް ޕޮއިންޓް ތެރޭގައެވެ. އަދި ވާދަވެރިކަން މިހާ ގާތްވާއިރު، ކާމިޔާބުވާނެ ފަރާތެއް ލަފާކުރަން ވަރަށް އުނދަގޫވެއެވެ.

2016 އަދި 2020 ގައިވެސް ޕޯލްތަކުން ޓްރަމްޕްއަށް ލިބުނު ތާއީދު ދަށްކޮށް ދެއްކިއެވެ. ޕޯލިންގ ކުންފުނިތަކުން މި މައްސަލަ ޙައްލުކުރަން ގިނަ ގޮތްތަކަކުން މަސައްކަތްކުރާނެއެވެ. މީގެ ތެރޭގައި ވޯޓުލާ އާބާދީގެ އޮނިގަނޑާ އެއްގޮތަށް ނަތީޖާތައް ދެއްކުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: