ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ތަރައްގީކުރަމުންދާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމުގައި ސަމާލުވާން އެދިއްޖެ

އަސޭރިއާ ޕްރޮޖެކްޓުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ތަރައްގީކުރަމުންދާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމުގައި ސަމާލުވާން އެޗްޑީސީން އެދިއްޖެއެވެ.

އެޗްޑީސީއިން ނެރުނު ބަޔާނެއްގައި އެ ކުންފުނިންވަނީ ހުޅުމާލެގައި ހިންގަމުންދާ ހައުސިންގް މަސައްކަތްތަކުގެ ތެރެއިން އެޕާޓުމެންޓު ވިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ހިއްސާކޮށްފައެވެ.

އެގޮތުން ދިރިއުޅުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ތަރައްގީކުރަމުންދާ މިޑް ރޭންޖާއި ލަގްޒަރީ އެޕާޓުމެންޓުތައް ވިއްކުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ޕްރޮޖެކްޓު ކުރިއަށް ގެންދާ ފަރާތާއި ގަންނަ ފަރާތާއި އެއްބަސްވާ ގޮތެއްގެ މަތިންކަމަށެވެ. އެހެންނަމަވެސް އެޕާޓުމެންޓުތައް ގަތުމުގައި ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީ އާއި ދެމުދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށްކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން ހުޅުމާލޭގައި ރެސިޑެންޝަލް އެޕާޓުމެންޓެއް ވިއްކުމުގެ ކުރިން ބުކިން ފީއެއް ނެގުމުގެ ހުއްދަ ޑިވެލޮޕަރަށް ލިބިގެންވާކަމަށެވެ. އެހެންނަމަވެސް އެންމެ ގިނަވެގެން ނެގޭނީ 50،000 ރުފިޔާކަމަށާއި ވިއްކަން ހުޅުވާލެވޭނީ ސިވިލް މަސައްކަތްތަކުގެ 20 އިންސައްތަ ނިންމައި އެޗްޑީސީއިން ހުއްދަ ހޯދުމަށްފަހުކަމަށެވެ. އަދި އެ ހުއްދަ ލިބުމުގެ ކުރިން ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ލަގްޒަރީ ވިލާ މަޝްރޫޢުކަމަށްވާ “އަސޭރިއާ” ޕްރޮޖެކްޓުގެ އެޕާޓުމެންޓުތައް ފިޔަވައި އެހެން ހުރިހާ ތަންތަނެއްވެސް ވިއްކުމުގައި އަމަލުކުރާނީ އިސްވެ ބަޔާންކޮށްފައިވާ ގޮތަށްކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން އެ މަޝްރޫޢުގެ ދަށުން ބިނާކުރަމުންދާ އެޕާޓުމެންޓުތަކަށް ބުކިން ފީއެއްގެ ގޮތުގައި ނެގުމަށް ކަނޑައެޅިފައިވަނީ އެއް މިލިއަން ރުފިޔާކަމަށެވެ. އަދި އޭގެ ތެރެއިން ނުވަ ލައްކަ ފަންސާސް ހާސް ރިފާންޑުކުރެވޭ ގޮތަށް ފީ ނެގުމުގެ ހުއްދަ ޑިވެލޮޕަރަށް ލިބިގެންވާކަމަށާއި މި އިމާރާތްތަކުގައި 20 އިންސައްތަ ސިވިލް މަސައްކަތްތައް ނުނިމުނު ނަމަވެސް އެޗްޑީސީ އާއި ޑިވެލޮޕަރާއި ދެމެދު އުފައްދާ އެސްކްރޯ އެކައުންޓަަކަށް ފައިސާ ޖަމާކޮށްގެން އެޕާޓުމެންޓު ބައްލަވައިގަތުމަށް ފުރުސަތު އޮތްކަމަށެށްވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓުމެންޓު ބައްލަވައިގަތުމަށް ޝައުގުވެރިޔާ ފަރާތްތަކުން އެ މަސައްކަތްތަކުގެ ތެރޭގައި އިސްވެ ދެންނެވި ކަންކަމަށް ސަމާލުވެލެއްވުމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: