އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑުރާމާ މުބާރާތް 1445 އެންމެ މޮޅު ޑޮރާމާއަކަށް “ މަނާލް “ ހޮވިއްޖެއެވެ.
މި ޑްރާމާއަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ތައްޔާރުކޮށްފައިވާ ޑްރާމާ އެކެވެ. “ މަނާލް“ ޑްރާމާގައި ސިފަކޮށްދީފައިވަނީ ހިއްވަރު ގަދަ އަންހެނެއްގެ ވާހަކައެވެ. އާއިލީ ޒިންމާއާއި ވަޒީފާ އަދި ކިޔެވުމުގެ މަރުޙަލާ މާބަނޑު ދުވަސްވަރު ހިތްވަރާއެކު ނިންމައިލައިފައިވާ ތަނެވެ. އަދި އެފަދަ ކޮންމެ އަންހެނަކަށް އާއިލާގެ މުހިންމު ކަން މި ޑްރާމާއިން ވަނީ ދައްކުވައިދީފައެވެ.
ގިނަ ބައެއްގެ ތަރުޙީބު ލިބުނު މި ޑްރާމާއަށް ޖުމްލަ 8 އެވޯޑެއް ލިބިފައި ވެއެވެ. އޭގެ ތެރޭގައި އެންމެ މޮޅު (އަންހެން) އެކްޓަރ ، އެންމެ މޮޅު (އަންހެން) ސަޕޯޓިން އެކްޓަރ، އެންމެ މޮޅު ޑިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު ސިނަމެޓޮގްރާފަރ، އެންމެ މޮޅު އެޑިޓަރ، އެންމެ މޮޅު ޑްރާމާ އަދި އެންމެ މޮޅު އެކްޓަރ އަންހެން ( ވިއުވާސް ޗޮއިސް) ހިމެނެއެވެ.
ދެވަނައަށް އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ކަރެކްޝަނަލް ސާވިސް އިން ތައްޔާރުކޮށްފައިވާ ”ކުރެހުން“އަށެވެ. އެ ޑްރާމާއަށް ވަނީ ތިން އެވޯޑެއް ލިބިފައެވެ.
އެވޯޑު ލިބުން ފަރާތްތަކުގެ ތެރޭގައި އެންމެ މޮޅު ( އަންހެން ) އެކްޓަރ ހޮވިފައިވަނީ ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ) އަދި އެންމެ މޮޅު ( ފިރިހެން ) އެކްޓަރ ހޮވިފައިވަނީ އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)އިން ނެވެ.
އެންމެ މޮޅު ( އަންހެން ) ސަޕޯޓިން އެކްޓަރ އަށް އާއިދާ ހައްމަދު (މަނާލް/ އެމްއެންޔޫ) ހޮވިފައިވާއިރު ( ފިރިހެން ) ސަޕޯޓިން އެކްޓަރ އަށް ހޮވިފައިވާ މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސާވިސް) އިންނެވެ.
އެންމެ މޮޅު ޑިރެކްޓަރއަށް މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)އިން ހޮވިފައިވާއިރު، އެންމެ މޮޅު ސްކްރީންޕްލޭއަށް ހޮވިފައިވަނީ މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ)އިން ނެވެ. އަދި އެންމެ މޮޅު ސިނަމެޓޮގްރާފަރގެ މަޤާމު ހާސިލްކޮށްފައިވަނީ (މަނާލް/ އެމްއެންޔޫ)އިން ނެވެ.
އެންމެ މޮޅު އެޑިޓަރ އަކަށް ހޮވިފައިވަނީ މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)އެވެ. އަދި އެންމެ މޮޅު ޑްރާމާ (ވިއުވާސް ޗޮއިސް)އަށް ހޮވިފައިވަނީ ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން) އެވެ.

