ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަރޝިޕް އެވޯޑް ދިވެހިރާއްޖެއަށް

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު
ޝެއާރކޮށްލާ ކަހަލަދޯ؟

14 ވަނަ ގްލޯބަލް އިސްލާމިކް ފައިނެންސް ލީޑަޝިޕް އެވޯޑު 2024 ގެ ޝަރަފުވެރި އިނާމު ދިވެހިރާއްޖެއަށް އަރުވައިފިއެވެ.

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަރުވަން މަސައްކަތްކުރަމުން އަންނަ ގައުމުތަކާއި، މުއައްސަސާތަކާއި، ފަރުދުންގެ އަގުވަޒަންކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަގްވާމީ އިނާމުދިނުމުގެ ހަފްލާއެކެވެ.

17ސެޕްޓެމްބަރ 2024 ގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ވިލާ ނޮޓިކާގައި ބޭއްވި ގްލޯބަލް އިސްލާމިކް ފައިނޭންސް ސަމިޓް އެންޑް އެވޯޑްސްގައި ރާއްޖޭއަށް ވަނީ ”14 ވަނަ ގްލޯބަލް އިސްލާމިކް ފައިނެންސް ލީޑަޝިޕް އެވޯޑު 2024“ ގެ ޝަރަފުވެރި އިނާމު އަރުވައިފައެވެ. މި އިނާމު ރާއްޖެއަށް ލިބިފައިވަނީ އިސްލާމިކް ފައިނެންސް ކުރިއަރުވަން ރާއްޖެއިން މަސައްކަތްކުރަމުންދާ މިންވަރު ދެނެގަނެ މިހާތަނަށް ލިބިފައިހުރި ކާމިޔާބީތަކާއި މޭލުދަނޑިތަކުގެ އަގު ވަޒަންކޮށް ދެމެހެއްޓެނިވި ގޮތެއްގައި އިސްލާމިކް ފައިނެންސް ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކައް ބިނާކޮށެވެ.

މި އިނާމު ބަލައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެ ފަރާތުން ރާއްޖޭގެ މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގުއެވެ. އަދި ޑރ މުޙައްމަދު ޝަފީގު މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ އިސްލާމިކް ފައިނެންސްގެ ތާރީހަށް އަލިއަޅުވާލައްވާ މިހާރު އިސްލާމިކް ފައިނެންސްގެ ނިޒާމަށް އައިސްފާވާ ބަދަލުތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އިސްލާމިކް ފައިނެންސްގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަމާއި ރާއްޖެއަކީ އިސްލާމިކް ފައިނެންސްގެ ސަރަހައްދީ ނާރެހަކަށް ހެދުމުގެ ސަރުކާރުގެ ތަސައްވުރުވެސް ވެސް ވަނީ ހިއްސާކުރައްވާފައެވެ.

މި އިނާމުދިނުމުގެ ހަފްލާގައި ދިވެހިރާއްޖޭގެ އެހެނިހެން މާލީ މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: