ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގައި ރަހުމް ކުޑަކޮށް އީވާން ނަސީމް މަރާލި ހާދިސާއިން އިބުރަތް ހާސިލު ކުރަންޖެހޭ: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގައި ލާއިންސާނީ އަނިޔާކޮށް ރަހުމް ކުޑަކޮށް އީވާން ނަސީމް މަރާލި ހާދިސާއިން އިބުރަތް ހާސިލު ކުރަންޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާ ފައްޔާޒް ވިދާޅުވީ މާފުށީ ޖަލުގައި ލާއިންސާނީ އަނިޔާކޮށް ރަހުމް ކުޑަކޮށް އީވާން ނަސީމް މަރާލިތާ 21 އަހަރު ފުރިގެންދާއިރު އެ ހިތާމަވެރި ހާދިސާގެ ހަނދާން އާކުރައްވާ ކަމަށެވެ. މިއީ ބިރު ފަހަނައަޅައި ނުކުމެ ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ނިންމަން ދިވެހިން ހިތްވަރު ހޯދި ދުވަސް ކަމަށް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ އެތައް ބަޔެއްގެ ލެޔާއި ދާ އޮހޮރުވައިގެން އަނިޔާގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތަކީ މިއަދު މި ދެކޭ މިނިވަންކަމާއި އަސާސީ ހައްގުތަކުގެ ކަށަވަރުވުމުގެ އަސްލު ކަމަށެވެ. އަދި ސެޕްޓެމްބަރު 2003 ގައި ހިނގައިދިޔަ ހާދިސާތަކަކީ އަދުގެ ޒުވާނުން ތާރީހު ދިރާސާކޮށް އިބުރަތް ހާސިލުކުރަން ޖެހޭ ހާދިސާތަކެއްކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން މި މައްސަލައަށް 9 އަހަރު ފުރުނު ބަޔާނުގައި ބުނެފައި ވަނީ މާފުށީ ޖަލުގައި، އިންސާނީ ކަރާމަތަށް ކުޑަވެސް ބެލުމެއް ނެތި ސިފައިންގެ އަނިޔާވެރިކަމާއެކު، މަރާލި އިވާން ނަސީމްގެ މަރުގެ މި އަމަލު އެމްޑީޕީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުމުރުން އެންމެ 19 އަހަރުގެ ޒުވާނެއް ކަމަށްވާ މ.އޭޝިޔާ އީވާން ނަސީމް މަރާލައި، އެކަމާ ދެކޮޅަށް އިޖުތިޖާޖުކުރި ގައިދީންގެ ތެރެއަށް ވަޔަށް، ޖައްވަށް ފަޒާއަށް ޖެހި އުންޑަތަކުން އެތައް ގައިދީންނެއް މަރުވެ، އެތައް ބަޔަކަށް ބޮޑެތި ލާ އިންސާނީ އަނިޔާދީފައިވާ ކަޅު ދުވަހަށް 9 އަހަރު ފުރުން އެމްޑީޕީން ނުހަނު ހިތާމައާއެކު ފާހަގަކޮށް، މި އަނިޔާވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މީގެ 21 އަހަރުން ކުރިން މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމާއި ގުޅިގެން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެގެން ދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: