ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ފްލޯޓިން ސޯލާ ޤާއިމް ކުރުމުގެ މަސައްކަތްވަނީ ފެށިފައި: ޠާރިޤް

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަކީ ބިން ކުޑަތަނަކަށް ވުމުގެ ސަބަބުން ފްލޯޓިން ސޯލާ ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ބިން ކުޑަތަނަކަށް ވުމުގެ ސަބަބުން ފްލޯޓިން ސޯލާ ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެގޮތުގެ މަތިން މިހާރު އައްޑޫގައި 10 މެގަވޯޓުގެ ފުލޯޓިން ސޯލާ ޤާއިމް ކުރުމަށް އިއުލާންކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި 100 މެގަ ވޮޓު ޖެހުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

“ އެގޮތުގެ މަތިން މިހާރު އައްޑޫގައި 10 މެގަވޯޓުގެ ފުލޯޓިން ސޯލާ ޤާއިމް ކުރުމަށް އިއުލާންކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި 100 މެގަ ވޮޓު ޖެހުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ“ ވަޒީރު ވިދާޅުވިއެވެ.

އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި އިތުރު ކުރުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސް ތަކުގައި %33 ކަރަންޓް އުފައްދަނީ އިއާދަކުރަނިވި ހަކަތައިން ކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް މީގެ ކުރިން އެއްވެސް ރައީސްއެއް ޙާއްސަ އިސްކަމެއް ދެއްވައިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަސައްކަތް ގާތުން ބައްލަވަމުން ގެންދަވައި ކަމަށް ވަނީ ވިދާޅުވެފައެވެ. މި ޕްރޮގުރާމްގެ ތެރެއިން އޮކްޓޯބަރ މަހުގެ ނިޔަލަށް 700 ގޭގެ ޔުނިޓް މާލެ ގެނެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާ ގުޅިގެން 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއްގެ އެއްބަސްވުމުގައި 12 ޑިސެންބަރ 2024 ގައި ވަނީ ސޮއިކުރައްވައިފައެވެ. މި އެގްރީމަންޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ ‘އެކްސަލަރޭޓިންގ ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ’ (އެޝުއަރ) ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ޕަވަރ ޕާރޗޭސިންގ އެގްރީމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

މިޕްރޮޖެކްޓުގެ ދަށުން ‘މަގޭ ސޯލަރ ޕްރޮގްރާމު’ ގެ ފުރަތަމަ ފިޔަވަހީގެ 03 މެގަވޮޓު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ޚަރަދުކުރުމާއި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދައި އެކަރަންޓުގެ އެހީގައި ހިންގާގޮތަށް 01 ރަށުގައި ކޮމިއުނިޓީ އިރިގޭޝަން ސިސްޓަމަކާއި ކޮމިއުނިޓީ ފާރމިން ޑިވެލޮޕްމަންޓް ޕްރޮގަރާމެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިޕްރޮޖެކްޓުތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ލީޓަރުގެ ޑީސަލު ސަލާމަތްކުރެވި އޭގެ ސަބަބުން އަހަރަކު 26 ހާސް ޓަނުގެ ވިހަ ގޭސް ޖައްވަށް ބޭރުކުރުން މަދުކުރެވޭނެ ކަމަށް އެ ވުޒާއިން ވަނީ ބުނެފައެވެ.

ޕަވަރ ޕާރޗޭސިންގ އެގްރީމެންޓު ޤާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމާއި އެރަށްރަށުގު ކަރަންޓު ވިއުގައިގެ ޙާލަތު ރަނގަޅުކުރުންވެސް މިކަމުގެ ތެރޭގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: