ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލާ ފެރީއެއް ގަންނަން އެބަ މަސައްކަތްކުރަން: މިނިސްޓަރު ތޯރިގު

މިނިސްޓަރު ތޯރިގު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯލާ ހަކަތަ ބޭނުންކުރާ ފެރީއެއް ގަތުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް  މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް

ސަރުކާރުގެ ހަކައިތައިގެ ސިޔާސަތު ލޯންޗުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ރާއްޖޭގެ ހަކަތައިގެ ދާއިރާގެ ތެރޭގައި ވަރަށް ބޮޑަށް ޑީސަލް ބޭނުންކުރެވިގެންދާކަމަށާއި ކަނޑު ދަތުރަށާއި އެއްގަމު އުޅަނދު ފަހަރުގައިވެސް ބޭނުން ކުރާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ލޯންޗުކޮށްފައިވާ ހަކަތައިގެ ސިޔާސަތު އެކުލަވާލާފައިވަނީ އެކަމަށްވެސް ރިއާޔަތްކޮށްކަމަށާއި ހާއްސަ ގޮތެއްގައި ކަނޑު ދަތުރުފަތުރު ކުރުމުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމަށްޓަކައި ކަންކަން ހިމެނިފައިވާކަމަށެވެ.

އެގޮތުން ކިހާ ވަރަކަށް އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރެވިދާނެތޯ އާއި ހައިބްރިޑް ސިސްޓަމެއްގެ ބޭނުން ހިފައިގެން ތެލުގެ ބޭނުން ކުރާ މިންގަނޑު ދަށްކުރެވޭނެ ގޮތްތަކުގެ މައްޗަށްވެސް ސިޔާސަތުގައި އަލިއަޅުވާފައިވާނެކަމަށެވެ.

އަދި އެކަމާއި ގުޅިގެން ސަރުކާރުންދަނީ ސޯލާ ފެރީއެއް ގަތުމުގެ މަސައްކަތްތައް ކުރަމުންކަމަށާއި މި އަހަރުގެ ފަހުކޮޅު ނުވަތަ 2025ގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، މިއީ އަޖުމަ ބެލުމަށް ކުރެވޭ ކަމެއްކަމަށާއި އެ އުޅަނދު ގެނައުމަށްފަހު އިތުރު ބަދަލުތަކާއި ކުރިއެރުންތައް ގެނެސްގެން ޓުއަރިޒަމް އިންޑަސްޓްރީ އަދި އެހެނިހެން އިންޑަސްޓްރީތަކާއި ގުޅިގެން ކޮމާޝަލައިޒް ކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކަނޑު ދަތުރުފަތުރުގެ އިތުރުން އެއްގަމު ދަތުރުފަތުރު ކުރުމަށް އީވެހިކަލްގެ ބޭނުންކުރުމަކީވެސް ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އެގޮތުން އެފަދަ ވަސީލަތްތައް ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމާއި އިޔާދަކުރަނިވި އުސޫލުގެ ދަށުން އެތަކެތީ ޗާޖުކުރެވޭނެ ގޮތް ހެދުމަކީވެސް މި ސިޔާސަތުން ބައެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިވަގުތު އޮތް އެއް މައްސަލައަކީ ރާއްޖެއަށް 0 ޑިއުޓީގައި ކަރަންޓު އުލަނދުތައް ގެނެވޭއިރު މާލެ ސަރަހައްދުގައި އެ ތަކެތި ބޭނުން ކުރުން ދަތިވުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގިނަ މީހުންނަށް އެ ތަކެތި ޗާޖުކުރެވޭނެ ގޮތެއް ނުހުންނަކަމަށާއި ސްޓެލްކޯއިން ދަނީ މި މަސައްކަތްތައް ކުރުމަށް ވިސްނަމުންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްޓެލްކޯއިންވެސް ދަނީ ޗާޖުކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންކަމަށާއި މިނިސްޓްރީއިންވެސް އެ ދިމާލަށް ދިއުމަށްޓަކައި ފަންޑު ހޯދައިގެން މަސައްކަތްތައް ކުރުމަށް ސިޔާސަތުގެ ތެރޭގައި ހިމެނޭކަމަށެވެ.

ތޯރިގު ވިދާޅުވީ، އެމިޝަން މަދުކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަރަށް ހާއްސަކޮށް ބައްލަވާ މަސައްކަތްތަކެއްކަމަށާާއި މާލެ ފަދަ ތޮއްޖެހިފައިވާ ސަރަހައްދެއްގައި އެމިޝަން މަދުކުރެވިއްޖެ ހާލަތެއްގައި ވެށީގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: