ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ އެވޯޑު: ކުށުގެ ރެކޯޑު ނުލިބޭނަމަ، މުއްދަތު ތެރޭ ފޯމު ހުށަހަޅައި ފަހުން ވެސް ރެކޯޑުތައް ހުށަހެޅިދާނެ

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންގެ އެވޯޑަށް ހުށައަޅާއިރު ކުށުގެ ރެކޯޑު މިމަހު 26 އަށް ހުށަނޭޅިއްޖެނަމަ ޖަޖުކުރާ މުއްދަތުގެ ތެރޭގައިވެސް ހުށައެޅޭނެ ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރރޮގްރާމެއްގައި މައުލޫމާތު ދެއްވަމުން އަސްވާޑް ވިދާޅުވީ ކުށުގެ ރެކޯޑް މިމަހުގެ 26 އާއި ހަމައަށް ސާފުނުވި ނަމަވެސް ޒުވާނުންގެ އެވޯޑަށް ފޯމު ހުށައެޅުމަށާއި އަދި އެއާއެކު ލާންޖެހޭ ހުރިހާ ލިޔެކިޔުމެއް ހަމަ ކުރުމަށެވެ. އަދި ކުށުގެ ރެކޯޑު ޖަޖު ކުރަމުންދާ މުއްދަތުގެ ތެރޭގައިވެސް ހުށައެޅިދާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

ޒުވާނުންގެ އެވޯޑަށް ކުރިމަތި ލެވޭ ދާއިރާތައް:

  • ވިޔަފާރިއާއި އިގްތިސޯދު
  • ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
  • މަސްތުވާތަކެއްޗާއި ދެކޮޅަށް މަސަތްކަތް ކުރާ ޒުވާނުން
  • ދަރުމަވެރި ޒުވާނުން
  • ވޮކޭޝަނަލް ޓްރެއިނިންގ ދަސްކޮށްދޭ ޒުވާނުން
  • ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމަށް މަސައްކަތް ކުރާ ޒުވާނުން
  • ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޒުވާނުން
  • މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުން
  • ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުން
  • މިންތީގެ ހަމަހަމަކަން ގާއިމުކުރާ ޒުވާނުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރާ ޒުވާނުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ޒުވާނުން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމަށް މަސައްކަތް ކުރާ ޒުވާނުން
  • ދިވެހިބަސް ދިރުވުމަށް މަސައްކަތް ކުރާ ޒުވާނުން
  • ކުޅިވަރުގެ ދާއިރާއިން އާދަޔާހިލާފު ހުނަރެއް ދައްކާ ޒުވާނުން
  • ފަންނިއްޔާތުުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނުގެ ފިލާ ހައްގުވާ ކަމަށް ގަބޫލު ކުރެވޭ ޒުވާނުން

އަސްވާޑް ވިދާޅުވީ އެވޯޑު ދުނުމަށް ކަނޑައަޅައިފައިވާ ދާއިރާތަކަކީ ކުރިންވެސް ކަނދައަޅައިފައިވާ ދާއިރާތައް ކަމަށާއި އެހެންނަމަވެސް ޒުވާނުންގެ އެވޯޑު އޮތީ މެދުކެނޑިފައި ކަމަށެވެ. އެހެންނަމަވެސް އެއީ މެދުކެނޑިފައި އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ މި ދާއިރާތަކަކީ މިވަގުތަށް މިނިސްޓްރީއަށް ފާހަގަކުރެވުނު ދާއިރާތައް ކަމަށާއި އެހެންނަމަވެސް ޒުވާނުން ހަރަކާތްތެރިވާ އިތުުރު ދާއިރާތައް ހުންނާނެ ކަމަށެވެ. އެވޯޑު ދިނުމުގެ މައިގަނޑު މަގްސަދަކީ ޒުވާނުން ކުރަމުން އަންނަ މަސައްކަތުގެ އަގު ދިވެހި ޒުވާނުން ނުވަތަ ދައުލަތުން ވަޒަން ކުރާކަން އެ ޒުވާނުންނަށް ފަހުމުވުން ކަމަށް އަސްވާޑް ވިދާޅުވިއެވެ.

”ދިވެހި ޒުވާނުން ހޯދާ ރީތިނަން ނުވަތަ ދިވެހިި ޒުވާނުން ކުރާ މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަކަން. ދައުލަތުން އެކަން ފާހަގަކުރީމަ ނުވަތަ ސަރުކާރުން އެކަން ފާހަގަކުރީމަ ޒުވާނުންނަށް އެބަ އެނގޭ ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތްތަކެއް ކުރާކަން. އެޕްރިޝިއޭޓް ކުރާކަން މުޖުތަމައު ތެރޭގައި“

އަސްވާޑް ވިދާޅުވީ އެވޯޑުދިނުމުގެ އެއް މަގުސަދަކީ ޒުވާނުންނަކީ މަސައްކަތަށް ޝައުގުވެރިވާ ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖީލެއް ބިނާކުރާ ބަޔަކަށް ހެދުންކަމަށެވެ. ޒުވާނުންނަށް މިފަދަ އެވޯޑެއްދޭނަމަ 18 އަހަރު ފުރުމަށްފަހު 5 އަހަރު ހިދުމަތް ކޮށްފިނަމަ އެވޯޑު ލިބޭނެކަމަށް ފުރާވަރު އުމުރުގެ ކުއްޖާއަށްވެސް އިނގޭނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ. އެހެންކަމުން މި އެވޯޑު ދިނުމުގެ ސަބަބުން ފުރާވަރު ކުއްޖާއަށާއި އަދި ޒުވާން ކުއްޖާއަށްވެސް ހިއްވަރެއް ލިބިގެންދާކަމަށް އަސްވާޑް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: