ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ލައިސެންސަށް ހުށަހަޅަން ޖެހޭ

ފުޑް ކޯޓު ސަރަހައްދުގެ ކެފޭތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންނާއި ފަރާތްތައް ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށް، ލައިސެންސަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދުގައި ބުނެފި އެވެ.

މިއީ ކާބޯތަކެތީގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި ފަރާތްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރުމުގެ ގަވައިދެވެ. ގެޒެޓުގައި ޝާއިއުކޮށް މިހާރު އަމަލު ކުރަން ފަށާފައިވާ މި ގަވައިދުގައި ގާނޫނީ ބާރުވެރިގެން ލިބިގެންވެ އެވެ.

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން، އެ ހިދުމަތް ދޭ މީހުންގެ މައްޗަށް ގަވައިދު ހިނގާނެ އެވެ. އަދި ކާބޯތަކަތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެ ތަނެއް ރެޖިސްޓްރީކޮށް ލައިސެންސަށް އެދި އެމްއެފްޑީއޭއަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ނުވަތަ ހުއްދަ ނުހޯދައި ހިންގަމުން ދާތަނެއް ނަމަ ލައިސެންސްއަށް އެދި ހުށަޅަން ޖެހެނީ ފެބްރުއަރީ 23 ގެ ކުރިން ކަމަށެވެ.

ގަވައިދު ބުނާ ގޮތުގައި، މީހުން ދިރިއުޅޭ ތަންތަނާއި، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަގުތީގޮތުން ގާއިމުކުރާ މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތައްރަޖިސްޓަރީ ކުރުން ލާޒިމެއް ނޫނެވެ.

ލައިސެންސަށް އެދި ހުށަހަޅަން ޖެހޭނީ، ވަންގަވް https://one.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އެހެން ނަމަވެސް އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރަންވާނީ، އެފަދަ ކާބޯތަކެތި އުފެއްދުމާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ގަވައިދު ބުނާ މުއްދަތުގެ ތެރޭގައި، ރެޖިސްޓްރީ ނުކޮށް ހިދުމަތް ދެމުން ގެންދާނަމަ އެ ބަޔަކާއި މެދު ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 79 ވަނަ މާއްދާގައި ވަނީ ރަޖިސްޓަރީކުރުން ލާޒިމުވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއް ރަޖިސްޓަރީނުކޮށް ލައިސަންސެއް ނެތި ހުއްދަ ނުހޯދައި ކާބޯތަކެތީގެ ހިދުމަތްދީ ވިޔަފާރި ކުރުމަކީ ކުށެއްކަމަށެވެ. އޭގެ ތެރޭގައި، ކާބޯތަކެތި އުފެއްދުމާއި، ތައްޔާރުކުރުމާއި، ވިއްކުމާއި، އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި، ރައްކާކުރުމާއި، ފޯރުކޮށްދިނުމާއި، ބަންދުކުރުން ހިމެނެ އެވެ.

ގަވައިދާއި ހިލާފުވާ ބަޔަކާއި މެދު އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، 10،000 ރުފިޔާއައި 50،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: