ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގ ޚިދުމަތާއެކު ޤައުމީ ތަރައްޤީގެ ބިންގާއެޅޭނެ: އާދަމް ޝަރީފު

މިނިސްޓަރ އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށުމާއެކު ރާއްޖޭގެ އިޤުތިޞާދު ފުޅާވުމުގެ އިތުރުން ޤައުމީ ތަރައްޤީގެ ގިނަ ކަންކަމުގެ ބިންގާ އެޅިގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް އިފްތިތާހު ކުރުމުން ވަޒީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށުމާއެކު ވިޔަފާރީގެ އުކުޅުތަކާއި ހުނަރުތައް ދަސްވާނެ ކަމަށެވެ. އަދި އެ ހިދުމަތް ފެށުމުން ރާއްޖޭގެ އިގުތިސޯދު ފުޅާވެގެންދާނެ ކަމަށެވެ.

މި ނިންމުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ބަންކަރިންގ އަކީ ބޭރުގެ އުޅަނދުފަހަރަށް ތެޔޮ ވިއްކުމުގެ ޚިދުމަތެކެވެ. ރާއްޖޭގައި ބަންކަރިންގެ ޙިދުމަތް ފެށުމުން ބޭރު ފައިސާ ރާއްޖެއަށް ވަނުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. އަދި އިތުރު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވިގެންދާނެ އެވެ. މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުން ވަނީ ބޭރުގެ ތަޖުރިބާކާރުންނާއެކު މަޝްވަރާކޮށް، ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި މި ޚިދުމަތް ދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.

ބަންކަރިންގ ޚިދުމަތުގެ އިތުރުން، މެރިޓައިމް ދާއިރާ އާއި ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ދިނުމަށް އެމްޕީއެލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މާލޭ ކޮމާޝަލް ހާބަރު ތިލަފުށްޓަށް ބަދަލުކޮށް، 2027 ވަނަ އަހަރު އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ. އަދި ލ. އަތޮޅުގައި މެރިޓައިމް ދާއިރާގެ ޚިދުމަތްތަކެއް ފެށުމަށް ނިންމައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: