ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީ ކުރަނީ

ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީކުރުމަށް އެމް.ޕީ.އެލް އާއި އިހަވަންދޫ ކައުންސިލް ދެމެދު ސޮއި ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީކުރުމަށް އެމް.ޕީ.އެލް އާއި އިހަވަންދޫ ކައުންސިލް ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިހަވަންދޫގައި އޮތް ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ސޮއި ކުރެއްވިއިރު ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ ކައުންސިލްގެ ރައީސް އަހުމަދު ސަބާހެވެ.

ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ އިހަވަންދޫގައި ތަރައްގީ ކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އަދި އެމްޕީއެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުންކަމަށް ވިދަޅުވި އެވެ.

ލަސްތަކެއްނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން

ވަޖީހު ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ހިދުމަތްތައް ފަށާއިރު، ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ހުރި ނަމަވެސް މިއީ ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

މިއީ މުޅިން އަލަށް ފެށި ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ، މައްސަލަތަކެއް ފުރަތަމަ ފޭސްގައި ދިމާވާނެކަން ގަބޫލު ކުރައްވާކަމަށާއި، ރާއްޖެ އޮތް ޖިއޮގްރަފިކަލް ލޮކޭޝަންގެ ސަބަބުން ހޯދޭނެ ފައިދާތަކެއްވާކަމާށެވެ.

މިއަދަކު، މާދަމާ ނުވިޔަސް، މިކަމުން ރާއްޖެއަށް ފައިދާ ލިބޭނެ

މި ރަސްމިއްޔާތުގައި ސަބާހު ވިދާޅުވީ އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްގީ ކުރުމުން ރަށަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެކަން ސަބާހު ފާހަގަކުރެއްވި އެވެ.

އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭއަކީ ތަރައްގީ ކުރަނީ އުތުރު މެރިޓައިމް ސަވިސް (ޔޫއެމްއެސް) ގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށެވެ.

އެމްޕީއެލް އިން ވަނީ  ހއ. އުލިގަމުގައި އައިއެސްޕީއެސް ގޭޓް ގާއިމުކޮށްފަ އެވެ. އަދި އެ އަތޮޅު ތުރާކުނުގައި ވޯޓަރ ބަންކަރިންގ ހިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: