ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2030ގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގްތިސާދު: ރައީސް

އދ. ގެ އާއްމު މަޖިލީހުގައި ރައީސް ތަގުރީރުކުރެއްވުން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2030 ގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގްތިސާދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. ގެ 79 ވަނަ އާންމު ޖަލްސާގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެކަން ކުރާނީ އައިސީޓީ އާއި އިންފްރާސްޓްރަކްޗަރ ކުރިއަރުވައިގެން ކަމަށެވެ.

ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް ކުރެވިފައިވާ އަދި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މެޑިކަލް ސަޕްލައި ޑެލިވަރީ ކުރުމަށް ޑްރޯން އާއި ރަށް ގިރުމުގެ މައްސަލަ ދެނެގަތުމާއި ތިމާވެށި މޮނިޓަރ ކުރުމަށް އޭއައި ޓެކްނޮލޮޖީ ފަދަ 5ޖީ ޓެކްނޮލޮޖީ އެޕްލިކޭޝަންތައް ވެސް ތައާރަފްކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށް ބޭނުންވަނީ ތައުލީމާއި މާލީ ނިޒާމުތައް ބަދަލުކުރުން ކަމަށާއި ޒުވާން އުމުރުން ފެށިގެން ޑިޖިޓަލް ލިޓްރޭސީއަށް އިންވެސްޓްކުރުމާއި ޑިޖިޓަލް ބައިބައިވުންތައް ހުއްޓުވުމާއި ރެގިއުލޭޓަރީ ފްރޭމް ވޯކްތައް ހަރުދަނާ ކުރުމާއި އާ ސިނާއަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް މިދިޔަ މެއި މަހު ގާއިމުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ފަށައި، 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޫކޮށްފައިވާ ކަމަށާއި އަދި 20 އަތޮޅުގެ ތެރެއިން 19 އަތޮޅުގައި އާއި މާލޭގައި 100 ގިނަ މަޝްރޫއު ހިންގުމާއި ވިޔަފާރީގެ 21 ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ޒުވާނުންގެ ބޭނުންތަކާއި ދެކޭގޮތް ސަރުކާރަށް ލަފާދީ މައުލޫމާތު ދިނުމުގެ ގޮތުން ޒުވާނުންގެ ލަފާދޭ ބޯޑެއް ވެސް އިފްތިތާހުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: