ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރައްޔިތުންގެ އަޑު“: އިތުރު 8 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވަމުން ގެންދަވާ ”ރައްޔިތުންގެ އަޑު“ ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރު 8 ދާއިރާއަކަށް ހުޅުވާލައިފިއެވެ.

މިފަހަރު ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12:00ގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ޕޯޓަލް (rayyithungeadu.presidency.gov.mv) މެދުވެރިކޮށް ނަން ނޯޓުކުރަންޖެހޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވާ މި ބައްދަލުވުމުގައި އަމިއްލަ ކަންކަމާއި އިދާރީ އަދި އިޖުތިމާއީ މަސްލަހަތު ހުރި ތަފާތު ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެއިތުރުން، ކޮންމެ ބައިވެރިއަކަށްވެސް ވާހަކަދެއްކުމަށް 10 މިނިޓުގެ ވަގުތެއް ލިބިގެންދާނެއެވެ.

މި ބައްދަލުވުމަށް ވަޑައިގަންނަވާ ކޮންމެ ބައިވެރިޔާއާއެކު އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ގެންދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: