ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ!

ރައީސް ޑރ މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށަފއިއެވެ.

އޭނާ މި އިންޒާރު ދީފައިވަނީ، ރައީސް މުއިއްޒު އެމެރިކާގެ، ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަ ލައިވްކޮށް، ރައީސް އޮފީހުން ހިއްސާ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައެވެ.

މިކަން ބަލައި ދިނުމަށް، އެކި އެކި ފަރާތްތަކުން ފުލުހުގައި އެދެމުން ދަނިކޮށް، ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން އެމީހާ ވަނީ ފުލުހުންނަށް ގޮން ޖަހާ، ފޭސްބުކްގައި ބައެއް ޕޯސްޓްތައް ހިއްސާކޮށްފައެވެ. މިއީ ފޭކް އެކައުންޓަކުންކަމެއް ނުވަނަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް، އެކި މީހުންނަށް މިފަދަ އިންޒާރުތައް ދެމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި މިހެން ދިން އިންޒާރުތަކަށްފަހު، ބައެއް ހާސިދާތައް ހިނގާފައިވާކަންވެސް ފާހަގަކުރެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: