ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މުއައްސަސާތަކާ ގުޅިގެން ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އަދި އައު ނިޒާމުތައް ގާއިމުކުރުމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސްއާ ދެމެދު ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ މުއައްސަސާއިން މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުން އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު ދެ ކޮމިޝަނަރުން މަޝްވަރާ ކުރެއްވި ކަމަށް ފުލުހުންގެ ޙިދުމަތުން ވަނީ ބުނެފައެވެ. އަދި މަސްތުވާފަދަތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި، ރާއްޖެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ގުޅިގެން ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ޤައުމުގައި ރޭވިގެން ހިނގަމުންދާ ކުށްތައް، އަދި އެކުށަށް އަރައިގަތުމުގެ ކުރިން ހުއްޓުމަށްޓަކައި ފުލުހުން މިހާރަށްވުރެ ކުޅަދާނަވާންޖެހޭކަމަށާއި ރާއްޖޭގައި މާލީ ގޮތުން ހިންގަމުންދާ ކުށް އަދި ފުލުހުންގެ ކެޕޭސިޓީ އެތައް ގުނައަކުން އިތުރުކުރަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުވެސް މީގެ ކުރިން ވަނީ ފާހަގަކުރައްވައިފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: