ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ރިއާއަތްކޮށް ރައީސް ދެއްވީ މުހިންމު މެސެޖެއް: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ، ހައި-ލެވެލް ސެކިއުރިޓީ ކައުންސިލް އޯޕަން ޑިބޭޓުގައި ބައިވެރިވެވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

އ.ދގެ ސަލާމަތީ މަޖިލިހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވި ތަޤްރީރުގައި ފާހަގަކުރައްވާފައިވާ ކަންކަމަކީ ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ރިޢާޔަތްކޮށް ދުނިޔެއަށް ދެއްވި މުހިންމު މެސްޖެއް ކަމަށް ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.

އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި މިއީ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ސުލްޙަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ޙަވާލުކުރެވިފައިވާ ބުރަ ޒިންމާގެ މަތިން ހަނދުމަފުޅުކޮށްއަރުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަޖިލީހުގެ ނާޤާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިންކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވާފައެވެ. ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރަށް މަރުހަބާ ކިޔައި، ޕީއެންސީ ނެރުނު ބަޔާނުގައި ވަނީ ބައިނަލްއަޤްވާމީ ނިޒާމަށް އަވަސް ގޮތެއްގައި ގެންނަންޖެހިފައިވާ ބޮޑެތި ބަދަލުތަކަށް އަލިއަޅުވައިލައްވައި، ދުނިޔޭގެ ޞުލްޙައާއި އަމާންކަން ކަށަވަރުކޮށް ބައިނަލް އަޤްވާމީ ނިޒާމަކީ ހަމަހަމަކަމާއި ޢަދުލުވެރިކަން ޤާއިމްވެފައިވާ ނިޒާމެއްކަން ކަށަވަރުކުރަން އަޅަންޖެހިފައިވާ އިސްލާހީ ފިޔަވަޅުތައް މި ބަޔާނުގައި ހާމަވެގެން ދިޔަކަމަށެވެ.

މުޅި ދުނިޔެއަށް ފެންނާނެ ގޮތަށް އިސްރާއީލުން ފަލަސްޠީނާއި ލުބުނާނުގެ ރައްޔިތުންނާމެދު ހިންގަމުންދާ އަނިޔާވެރި ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް ދުނިޔެ ރޮއި އާދޭސް ކުރާއިރު، އެ ޢަމަލުތައް ހުއްޓުވުމުގައި އދ. ފެއިލުވާ ސަބަބަކީ ސަލާމަތީ މަޖިލިހުގައި މަދު ދަޢުލަތްތަކަށް ލިބިފައިވާ ވީޓޯގެ އިންތިޔާޒުކަން ފާހަގަކުރައްވަމުން، އެ އިމްތިޔާޒު އުވައިލުމަށް ރައީސް ގޮވައިލެއްވުމަކީ، ދުނިޔޭގެ މިއަދުގެ އިޙުސާސް އަދި ޙާއްސަކޮށް އިސްލާމީ އުންމަތުގެ އިޙުސާސާއި ދިވެހީންގެ ހިތްތަކުގެ ހިމަނާރުގައި ޖަހަމުންދާ ވިންދު އަޑު ކަމުގައެވެ.

އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ތަފުސީލުކޮށް އެހާމެ ފުރިހަމަކޮށް ސިފަކޮށްދެއްވަމުން، އެ އަޑު ސަލާމަތީ މަޖިލިހުގައި އެމަނިކުފާނު އިއްވައިދެއްވުމުން ދިވެހިރާއްޖެއަށް ލިބުނު ފަޙުރެއް އަދި ދިވެހި ދައުލަތުގެ އިއްޒަތާއި ޝަރަފު ދުނިޔޭގައި އުފުލިގެން ދިޔަ ކަމެއް ކަމަށް އެ ޕާޓީ ވަނީ ބުނެފައެވެ.

މޫސުމީ ބަދަލުތަކާއި ޤުދުރަތީ ވަސީލަތްތައް މަދުވުމާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ކުރިއެރުވުމާއި، ދުނިޔޭގެ ސަލާމަތީ މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އުފެއްދެމުންދާ މުޅިން އައު ސަލާމަތީ ގޮންޖެހުންތަކާއި ހިރާސްތައް ގިރާކުރުމަށް ބޭނުންވާ އީޖާދީ ޙައްލުތައް ހުށަހެޅުމުގެ ޤާބިލުކަން ލިބިފައިވާ ދައުލަތެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވި ކަމަށް ޕީއެންސީ ވަނީ ބުނެފައި ވެއެވެ.

އެހެންކަމުން ރައީސް އ.ދގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތާރީހީ ތަޤުރީރަކީ ދިވެހިރާއްޖޭގެ ޤަދަރު އުފުލައި ދެއްވައި، ދިވެހިންގެ އަޑަކީ އޭގައި އަގުހުރި އަޑެއްކަން ސާބިތުކޮށްދެއްވައި، ދުނިޔެއާއި ބައިނަލްއަޤްވާމީ މަސްރަޙާއިމެދު ދިވެހިންގެ އަމިއްލަ ވިސްނުންތަކާއި ފިކުރުތަކެއް ގެންގުޅޭކަން މުޅި ދުނިޔެއަށް އެމަނިފާނު ހާމަކުރެއްވި ކަމަށް ވަނީ ބުނެފައެވެ.

އ.ދގެ މެމްބަރު ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކުރި ދިގު ތާރީޙުގައި މި ޤައުމުގެ ރައީސްއަކު ސަލާމަތީ މަޖިލިހުގައި ފުރަތަމަ ތަޤުރީރުކަމަށްީ ފާޙަގަކުރައްވައި، އެ ޕާޓީގެ އާންމު މެމްބަރުންނާއި ލީޑަޝިޕުގެ ނަމުގައި ރައީސަށް ވަނީ މަރުޙަބާ ދަންނަވައިފައެވެ. އަދި ދުނިޔޭގެ އެންމެ ބާރުގަދަ މަޖިލީހުގައި ދިވެހިރާއްޖޭގެ އަޑު އިއްވެވުމަށް ނިމެއްވުމުން އެކަމަށްވެސް އެ ޕާޓީން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: