އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ދައުރެއްގައި ވެސް ރައްޔިތުންނަށް ދިވެހިރާއްޖޭގެ ތަސައްވުރު އޮޅުވާލާކަމަށް ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މި ހަފްތާގައި މާލެ ވަޑައިގެންނެވި އިރު އެމަނިކުފާނު ވަނީ އދ ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގުރީރު ކުރައްވާފައެވެ. މިއީ މީގެ 59 އަހަރު ކުރިން، އދ ގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދ ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސްގެ ތަގުރީރަށް ތައުރީފު ކުރައްވައި މުންދު ވިދާޅުވީ، ގައުމެއްގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތް ކުރެވޭނީ އެންމެ ފުރަތަމަ އެބައެއް އިސްކޮށްގެން ކަމަށެވެ. އެވަގުތަކު ހިތްހަމަޖެހޭ ގޮތަށް ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމުން ނިކުންނާނީ އެދެވޭ ނަތީޖާތަކެއް ނޫންކަން މިދިޔަ ފަސް އަހަރުގައި އެނގިގެން ދިޔަކަން އޭނާ ފާހަގަކުރިއެވެ.
ދުނިޔޭގެ ގައުމުތަކުގައި ރާއްޖެއަކީ ބަސް ހިނގާ، އިހުތިރާމު ލިބިފައިވާ ގައުމަކަށް ހެދުމަށް ހެދުމަށް ރައީސް ކުރައްވާ މަސައްކަތުގެ ނަތީޖާ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެނިގެންދާނެކަމަށް މުންދު ވިދާޅުވިއެވެ.
މީގެކުރިން ރާއްޖެއޮތީ އެކަހެރިވެފައިވާ ގައުމެއްގެ ގޮތުގައިކަމަށާއި، އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ދައުރެއްގައި ކުރިމަތިލާން ޖެހޭ ހާލަތަކީ އެއީކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ތަސައްވުރާއި އަޅުގަނޑުމެންގެ ސިޔާސަތާއި، އަޅުގަނޑުމެންގެ ކުރިމަގުގައި އަޅުގަނޑުމެންގެ ކަންތައްތައް ބައްޓަން ކުރަންވީ ގޮތް އަސްލު މުޅި ދުނިޔެއަށް ސާފުކޮށްދެން ޖެހުނީއޭ. އެއީ ކިލަބުކޮށް އޮޅުވައިލާތައި 10 އަހަރު ވެއްޖެ އެމްޑީޕީއިން
މުންދު ވިދާޅުވީ ވެރިކަމުގެ ބޭނުމުގައި ރާއްޖޭގެ އަގު ވައްޓާލަން އެމްޑީޕީން ފަހެއް ނުޖެހޭނެކަމަށާއި ރާއްޖޭގެ ތާރީޙުން ބަލާލި ކޮންމެ މީހަކަށް އެކަން ހާމަވެގެންދާނެ ކަމަަށެވެ. އެމްޑީޕީއިން ދައްކަމުންދާ އެކި އެކި ވާހަކަތަކުގައި ހަޤީގަތެއް ނެތް ނަމަވެސް ވެރިކަމުގެ ބޭނުމުގައި ދޭދޭ ފަރާތްތުން ޖެއްސުން ނޫންކަމެއް ނުކުރާކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ގައުމުތަކުގެ މެދުގައި ރާއްޖެއާއި ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާއިރު، އެފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަގު ވެޓިގެންދާކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ވެރިކަން ހޯދަން ދެބޯގެރި ދުއްވައި ދޭދޭ ފަރާތް ޖެއްސުން ނޫން ކަމެއް އެ މީހުން ނުކުރޭނު، ދެން އެމީހުން ވެރިކަމަށް އައިސް ތިބިއިރު، އަޅުގަނޑުމެން އޭރު ޗެލެންޖް ކޮށްފަ ބުނަމެއްނު، އެވާހަކަތައް ދައްކާށޭ، ދޭތެ ޖެއްސުމާއި ދެބަ އޮޑުވަމުން ވެރިކަން ހޯދަނީ، އެކަމަކު ހަނދާން ނުހުންނަނީ ޤައުމުގެ އަގުވެސް ވެއްޓޭ… މައުމޫނު ދައުރުގައި ގޮސްފަ ބޭރު ތަންތާގައި ލީފުލެޓް ހިފައިގެން ދިވެހިރާއްޖެއަށް ނާންނާށެ، މި މީހުން މާރާތަނެކޭ، ޓްރިޒަމް ބޮއިކޮޓަށް ގޮވައިލި ކޮންބައެއް، އެމީހުން
މުންދު ވިދާޅުވީ ވެރިކަން ގެއްލުމާއި އެކު އެމްޑީޕީ ނިކުމެ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ގޮވާލައި ހަރަކާތްތައް ކުރިޔަށް ގެންދިއުމުގެ ސަބަބުން ނޭދެވޭ ބޮޑެތި އަސަރުތައް ކުރިކަމަށެވެ. މުންދު ވިދާޅުވީ އެފަދަ އަމަލުތަކުގެ ސަބަބުން ގެއްލުން ވާނީ އާންމު ރައްޔިތުންނަށްކަމަށެވެ.

