ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ މީރާއިން ހޯދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ތެރެއިން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން (މީރާ) އިން ހޯދައިފި އެވެ.

މީރާއިން ބުނީ، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ތަކުރާރުކޮށް ގުޅައިގެން ޓެކްސްގެ ގޮތުގައި 515 މިލިއަން ރުފިޔާ ހޯދާފައިވާކަމަށާއި ޑިއުޒް ކްލިއަރެންސްގެ ގޮތުގައި 93 މިލިއަން ރުފިޔާގެ އިތުރުން އެކައުންޓު ފްރީޒްކޮށްގެން 21 މިލިއަން ރުފިޔާ ވަނީ ހޯދާފައިވާ ކަމަށެވެ. އަދި އޯވަޑިއުވެފައިވާ ޕޭމަންޓްގެ ގޮތުގައި ހޯދި 12 މިލިއަން ރުފިޔާ ވެސް މި ފައިސާގެ ތެރޭގައި ހިމެނޭކަމަށް މީރާއިން ވަނީ ބުނެފައެވެ.

ޓެކްސްއަށް ދައްކަން ޖެހޭ ފަރާތްތަކަށް ޓެކްސް ދައްކަން ހަނދާންކޮށްދީގެން ހޯދި އަދަދު 135،000 ރުފިޔާއަށް އަރާއިރު ކޯޓު މަރުހަލާ މެދުވެރިކޮށް 10،000 ރުފިޔާ ވަނީ ހޯދާފަ އެވެ. މީރާ އިން ބުނެފައިވަނީ ޓެކުހާއި ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދު 10 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ނުލިބި ހުރި 5.5 ބިލިއަން ރުފިޔާ އާއި ރިސޯޓު ކުލީގެ ގޮތުގައި ނުލިބި ހުރި 4.3 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ޓެކްސް ބަޔާން ހުށަހަޅަންޖެހޭ 10،796 ބަޔާން ހުށަނާޅާއިރު، 8،947 ފަރާތެއް ޓެކްސް ފައިސާ ނުދައްކާކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: