ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދާރީ މަސައްކަތްތައް މަދުކުރުމަކީ ޓީޗަރުންގެ ދުޅަހެޔޮކަމަށްޓަކައި މުހިންމުކަމެއް: ސާޖިދާ

ކާބޯތަކެތީގެ ރައްކާތެރިކުރުމަކީ ފަރުދީ ޒިންމާއެއް: ރައީސްގެ އަނބިކަބަލުން ސާޖިދާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުކޫލުގައި ހޭދަކުރާ ވަގުތުތައް މަދުކޮށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މަދުކުރުމަކީ ޓީޗަރުންގެ ދުޅެހެޔޮކަމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޓީޗާރްޒް ކޮންފްރެންސްގައި ވާހަކަދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ތައުލީމު ދިނުމުގައި ހަމަހަމަކަން ގާއިމުކުރުމާއި ހުރިހާ އެންމެވެސް ބައިވެރިކޮށްގެން ތައުލީމު ދިނުމަކީ ކުރިމަގު ދިއްލާލަދޭ އަލިކަން ކަމަށެވެ. އެކަމަނާ ވިދާޅުވީ، އެކަމުގެ ސަބަބުން ތައުލީމަކީ ވަކި ބަޔަކަށް ލިބިގެންވާ ހައްގެއްގެ ބަދަލުގައި ކޮންމެ ކުއްޖަކަށްވެސް އޮތް ހައްގެގެ ގޮތުގައި އޮންނަ ދުނިޔެއެއް ބިނާކުރުމަށް ހިތްވަރު ލިބިގެންދާކަމަށެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، ޖިންސާއި މާލީ ހާލަތު އަދި ޖިއޮގްރެފިކް ލޮކޭޝަންގެ އިތުރުން ހަށިކުޅަދާނަކަމަށްވެސް ބެލުމެއް ނެތި ކޮންމެ ކުއްޖަކަށްވެސް ކުރިއަރައިގެން ދިއުމުގެ ހައްގު ލިބިގެންވާކަމަށެވެ. އަދި ކާބަފައިންވަނީ އެދުރުގެތައް ބިނާކޮށް ދިވެހިންނަށް މީގެ އެތައް ޒަމާނެއް ކުރިން އެ މަގު ކޮށައިދީފައިކަމަށާއި ކޮންމެ ކުއްޖަކުގެވެސް ހާއްސަ ބެނުންތަކެއް ހުންނާނެކަން ބަލައިގަތުން ކޮންމެހެންވެސް ބޭނުންތެރިކަަމަށެވެ.

ސާޖިދާ ވިދާޅުވީ، އެކަމުގެ ސަބަބުން ކުދިންނަށް ބޭނުންވާނެ ވަސީލަތްތަކާއި އެއްބާރުލުން ލިބިގެންދާނެކަން ޔަގީންކުރެވިގެންދާކަމަށާއި އެއްވެސް ކުއްޖަކު ބާކީވެގެން ނުދާކަން އެކަމުގެ ސަބަބުން ކަށަވަރުވެގެންދާނެކަމަށެވެ.

ސާޖިދާ ވިދާޅުވީ، އެކަންކަމުގެ އިތުރުން ޓީޗަރުންގެ ދުޅަހެޔޮކަން ކަށަވަރުކުރުންވެސް މުހިންމުކަމަށާއި ސުކޫލުތަކުގައި ޓީޗަރުން މަސައްކަތްކުރާ ވަގުތުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަަށާއި އިދާރީ މަސައްކަތްތައްވެސް މަދުކުރުމަށް ސަރުކާރުން ވެފައިވާ ވައުދަކީ އެ މަގަށް އެޅިފައިވާ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މަސައްކަތްތައް މާ ގިނަވެއްޖެ ހާލަތެއްގައި ސްޓްރެސްވުން ފަދަ ކަންކަން ދިމާވެ ޓީޗަރުންގެ ދުޅަ ހެޔޮކަމަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެކަންވެސް އެނގޭކަމަށެވެ.

އެހެންކަމުން ކިޔަވައިދިނުމާއި ސީދާ ގުޅުން ނެތް އިދާރީ މަސައްކަތްތައް މަދުކޮށްގެން އެކަމުގައި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި އެކަމުގެ ސަަބަބުން ކިޔަވައިދިނުމާއި ތައުލީމު ހާސިލުކުރުމުގެ ފަހި މާހައުލެއް ގާއިމުކުރެވިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: