ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފަކު ޒަހަމްތަކަކާއިއެކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ ޒަހަމްތަކަކާއިއެކު އޮތް މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށް މިއަދު ފަތިހުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.
އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް އޭނާ އޮތީ ނިޔަވެފައިކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ މާލެ އާއި ވިލިމާލޭގެ ބުރިޖުގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ މުވަޒަފެއްކަން ބެލި ބެލުމުން ފާހަގަވެފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

