ޓެކްސް ބަޔާނާއި އަދި ފައިސާ ހުށަނާޅާ ފަރާތްތަކުގެ ތެރެއިން ބޮޑު އަދަދުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން ހާމަކުރި ލިސްޓުގައި، ފައިސާ ނުދައްކާވާ 43 ފަރާތެއްގެ ނަން ހިމެނެއެވެ.
ނަން ހާމަކޮށްފައިވާ ފަރާތްތަކުން މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޓެކްސްއަށް ފައިސާ ދައްކަން ޖެހެއެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކުރަނީ، ނަން ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އީމެއިލް އާއި އެސްއެމްއެސް އަދި ފޯނުގެ ޒަރިއްޔާއިން މުއާމަލާތުކޮށް ޓެކްސް ބަޔާން ހުށަނާޅާއި އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ހަނދާކޮށްދިނުމަށްފަހުއެވެ. މީރާއިން ބުނެފައިވާ ގޮތުގައި މި ޒިންމާ އާދަކުރުމަށް ތަކުރާރުކޮށް ހަދުމަކޮށްދީފައިވާނެއެވެ.

