ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލަށް މަނާތަކެތި ވައްދައި މިލިއަނުން ފައިސާ: ތިން އޮފިސަރުންނާއި އެކު އިއުތިރާފު އެއްބަސްވުމަކަށް!

ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުމެއް ހެދި ޖަލު ތިން އޮފިސަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލަށް ފޯނާއި މަނާތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ ބައެއް މީހުންނާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފިއެވެ.

މިއީ މިދިޔަ ޖޫން މަހު ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގެ ތެރެއިން ޖަލަށް މަސްތުވާތަކެއްޗާއި، ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަހަރު މަތީން ހޯދާފައިވާ މައްސަލައެވެ. މި އޮޕަރޭޝަނުގައި ފުލުހުން ބުނެފައިވާ ގޮތުގައި ކުށް ކުރުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވިއިރު އެ މީހުންގެ އެކައުންޓަށް މިދިޔަ އަހަރެއްގެ ތެރޭގައި 73 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ.

ދައުލަތުން ދައުވާކުރަނީ ރ. އުނގޫފާރު އައިފަރީހައުސް، ޖިނާހު އަބްދުއްރަހީމާއި ނ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށި ބީޗްހައުސް، އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ ގެ އިތުރުން ހދ. ނޭކުންރެންދޫ ތަރާނާގޭ އަލީ ނިޒާމްގެ މައްޗަށެވެ.

މީގެތެރެއިން ޖިނާހުއާއި ޝަހީމްގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ލިބުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ކުރަނީ ނުހައްގު މުއްސަނދިކަން ހޯދުމާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

މައްސަލައިގައި ހިމެނޭ ފަސް މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ޖިނާހުއާއި ފަތޫހު އަދި އަސްފާގު ކުށަށް އިއުތިރާފުވެ އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާކަމަށެވެ.

ބާކީ ތިބި މީހުން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ހުށަހެޅިތޯ ”ސަންގު“ އިން މިއަދު ސުވާލު ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެމީހުން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދިފައި ނުވާކަމަށެވެ. އަދި އިއުތިރާފުގެ އެއްބަސްވުން ހެދި މީހުން، ވަނީ މައްސަލައިގައި ހެކި ބަސް ދިނުމަށް ވެސް އެއްބަސްވެފައިކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދިނެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ގިނަ ބަޔަކު ތިބި ނަމަވެސް، ދައުވާ ކުރެވޭ މިންވަރަށް އެމީހުންނާއި ދެކޮޅަށް ހެކި ލިބިފައި ނުވެއެވެ. އެކަމަކު ތަހުގީގު މަރުހަލާ އަދިވެސް ކުރިޔަށްދާތީ، ބާކީ ތިބި މީހުންނާއި މެދު ދައުވާކުރުމާއި މެދު ގޮތެއް ނިންމާނީ އިތުރު ބައިތަކުގެ ތަހުގީގު ނިމުމުންނެވެ.

ތަހުގީގުތަކަށް އެނގުނު ގޮތުގައި، އެއް އޮފިސަރުގެ އެކައުންޓަށް އެކަނި ވެސް 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.

މައްސަލައިގައި ފުލުހުން ވަނީ ޖަލު އޮފިސަރުންގެ އެކައުންޓުތަކުން ބޮޑެތި އަދަދުން ފައިސާ ޖަމާކުރި އެކައުންޓުތައް ހޯދައި ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: