ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ އެހީ ދިން ދަރިވަރުންގެ އަދަދު 13،000 އަށް ވުރެ މަތި: ހަޔަރ އެޑިއުކޭޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތައުލީމަށް މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 13،866 ދަރިވަރުންނަށް އެހީ ފޯރުކޮށް ދީފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ފުރަތަމަ ޑިގްރީ އާއި ސްކޮލަޝިޕް ސްކީމް އަދި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން ދަރިވަރުންނަށް ދިން އެހީގެ ޖުމްލަ އަދަދު 689،663،352ރ. ( ހަސަތޭކަ އައްޑިހަ ނުވަ މިލިއަން ހަލައްކަ ފަސްދޮޅަސް ތިންހާސް ތިން ސަތޭކަ ފަންސާސް ދެއެއް ) އަށް އަރާ ކަމަށެވެ.

މި ސްކީމްތަކުގެ އިތުރުން ވެސް މަތީ ތަޢުލީމުގެ ފުރުޞަތުތަށް ދަރިވަރުންނަށް ފަހިކޮށް ދިނުމަށް އަމާޒުކޮށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިހާރު ވެސް ޖަޕާން، ތުރުކީ، މެލޭޝިޔާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ އެތައް ޤައުމެއްގެ އެންބަސީތަކާއި ޔުނިވާސިޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކޮށް ، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ސްކޮލަޝިޕް ފުރުޞަތުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރަމު އަންނަ ކަމަށް ހަޔަ އެޑިއުކޭޝަނުން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކޮށް، ތަފާތު އެކި ދާއިރާތަކުގައި ފަޒީފާ ޢަދާކުރުމުގެ ފުރުޞަތު ހޯދައި ދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ކަމަށެވެ. އެހެންވެ މި ސިޔާސަތުގެ ދަށުން މަތީ ތަޢުލީމު ހާޞިލުކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށް ދިނުމާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރުމުގެ އެތައް މަސައްކަތެއް މިނިސްޓްރީން ކުރަމުން އަންނަކަން ފާހަަގަކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: