ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓާ ބަންކަރިންއާއެކު އިތުރު ހިދުމަތްތަކެއް ހޯދުމަށް ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް އިހަވަންދިއްޕޮޅަށް!

ބަންކަރިންގެ ހިދުމަތް ރަސްމީކޮށް ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓާ ބަންކަރިންއާއެކު އިތުރު ހިދުމަތްތަކެއް ހޯދުމަށް ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް އިހަވަންދިއްޕޮޅުގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

މި ބޯޓު އައުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާާސްފަތި ދުވަހުއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ ރާއްޖޭގެ މެރިޓައިމް ދާއިރާ ރާއްޖޭގެ އިގުތިސާދަށް ދިރުން ގެނެސްދޭނޭ އިތުރު ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ފައްޓަވާފައިވާއިރު، އޭގެ ތެރެއިން ރާއްޖޭގެ އުތުރުން ދަތުރުކުރަމުން ގެންދާ ރާއްޖެއިން ބޭރުގެ ބޯޓުފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ”އުތުރު މެރިޓައިމް ސާވިސަސް“ގެ ނަމުގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސަވައި، އެ އިމްތިޒާމުތަކުގެ ދަށުން، ހާއްސަ ފެސިލިޓީއެއް މިދިޔަ މަހު 18 ވަނަ ދުވަހު ހުޅުއްވާފައިވާކަމަށެވެ.

މީގެ ތެރެއިން މި ވަގުތު ދެމުން އަންނަނީ 14 ހިދުމަތެއްކަމަށް ފާހަގަކޮށް، ވަޖީހު ވިދާޅުވީ މި ހިދުމަތްތަކާއި ގުޅޭ މައުލޫމާތުތައް ބޭރުގެ ފަރާތްތަކުން ހޯދުމަށް ދާކަމަށެވެ.

މި ފެސިލިޓީ އިން ހިދުމަތް ހޯދުމަށް ޕެނަމާގައި ރަޖިސްޓުރީ ކޮށްފައިވާ އޮއިލް ޕޮރޮޑަކްޓްސް ޓޭންކާއެއް، މި މަހުގެ 3 ވަނަ ދުވަހު އިހަވަންދިއްޕޮޅަށް ބަނދަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް ވިދާޅުވިއެވެ.

އެ ބޯޓުން ހޯދުމަށް އެދިފައިވާ ހިދުމަތްތަކުގެ ތެރޭގައި، ޕައިލެޓޭޖް ހިދުމަތް، ފުރެޝް ވޯޓާ ބަންކަރިން، ކުރޫ ޗޭންޖް، ކާބޯ ތަކެތި ސަޕުލައި ކޮށްދިނުން އަދި ސްޕެއާ ޕާޓުސް ސަޕުލައި ކޮށް ދިނުން ހިމެނޭކަމަށް ވަޖީހު ވިދާޅުވިއެވެ.

މި ބޯޓަށް ހިދުމަތް ދިނުމުގައި އެމްޕީއެލްއާއި އެހެން ބައެއް ކުންފުނިތަކުންވެސް ހަރަކާތްތެރިވާނެކަމަށް ފާހަގަކޮށް ވަޖީހު ވިދާޅުވީ، މި ބޯޓު އިހަވަންދިއްޕޮޅުގައި 5 ވަރަކަށް ދުވަހު މަޑުކުރާނެކަމަށެވެ. އެއީ ބޯޓުގެ ބައެއް ކަހަލަ މެއިންޓެނެންސް މަސައްކަތްތައް ކުރަން ޖެހޭތީކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: