ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔަމީންގެ ވަކީލެއްގެ ގޮތުން އުޅެފައި ނުވާނެ، ކޯޓު ރެކޯޑުގައި އެކަން އޮތް ނަމަ ތަނާޒުލްވާނަން: އައްބާސް

ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި ދައުވާތަކާއި ގުޅުން ހުރި އެއްވެސް މައްސަލައެއްގައި އެމަނިކުފާނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީ ވަކީލުކަން ކުރުމަށް ކޯޓުގައި އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުގައި އެންމެ ފުރަތަމަ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ޝަރީއަތް ހިންގާފައި ވަނީ ގއ. ވޮޑަމުލާ މައްސަލައިގަ އެވެ. 2019 ވަނަ އަހަރު ރައީސް ޔާމީންގެ މައްޗަށް ކުރި އެ ތުހުމަތުގެ ދައުވާތައް ދަށު ކޯޓުގައި ސާބިތުވި ނަމަވެސް ސުޕްރީމް ކޯޓުން މިނިވަންވެޑައިގަތެވެ. އޭގެ ފަހުން ދެން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ ވ. އާރަށާއި، ރ. ފުއްގިރި މައްސަލައިގަ އެވެ.

މިދިޔަ ފަސް އަހަރު ރައީސް ޔާމީނާއި ގުޅުން ހުރި މި ތިން މައްސަލައިގެ ޝަރީއަތުގެ އިތުރަށް، އެހެން އެކި މައްސަލަތަކުގައި ސުވާލުކޮށްފައި ވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާއި ހަވާލުވެ، އެ ހައިސިއްޔަތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވަނީ ވަކިވަކި މައްސަލަތަކަށް މައުލޫމާތު ދިނުމަށް ބޭނުން ނުވާކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ އަދި ނޫސްވެރިން ވެސް ގާތުން ކަވަރ ކުރާ ރައީސް ޔާމީންގެ ޝަރީއަތްތައް ފާހަގަކޮށް ނޫސްވެރިއަކު ވަނީ ވ. އާރަށުގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެފައިވާކަން ފާހަގަކޮށްފަ އެވެ. އަދި އެ މައްސަލައިގެ ހެއްކާއި ގުޅުން ހުރި އިސްތިއުނާފު މައްސަލަތަކެއް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އައްބާސަކީ ރައީސް ޔާމީނަށް ވަކީލެއްގެ އެހީ ފޯރުކޮށް ދިން ބޭފުޅެއް ނޫންތޯ ސުވާލު ކުރި އެވެ.

މި ހާލަތުގައި ދައުވާތަކުން އައްބާސް ތަނާޒުލް ވާނަންތޯ ސުވާލު ކުރުމުން އައްބާސް ވިދާޅުވީ، ސީދާ ރައީސް ޔާމީނަށް ގާނޫނީ ވަކީލެއްގެ އެހީ ފޯރުކޮށްދިން ހަނދާނެއް ނުވާކަމަށެވެ. ޕާޓީގެ ވަކީލެއްގެ ގޮތުން އުޅުއްވި ނަމަވެސް، ރައީސް ޔާމީނަށް ކުރާ ދައުވާތަކާއި ގުޅުން ހުރި މައްސަލައެއްގައި ކޯޓަށް ވަޑައިގެންނެވިފައި ވާނެތޯ ކޯޓުގެ ރެކޯޑުތަކުން ބައްލަވާނެކަމަށާއި އެއަށް ފަހު ތަނާޒުލް ވާން ޖެހޭނަމަ އެ ފިޔަވަޅު އަޅުއްވާނެކަމަށް އައްބާސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ލޯޔަރެއްގެ ގޮތުން ވަކާލާތު ކުރައްވާފައި ނުވާނެކަމަށް އައްބާސް ވިދާޅުވި ނަމަވެސް، 2018 ގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން، އިންތިހާބު ބާތިލުކޮށްދޭން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ކޯޓަށް ވަޑައިގެން ވަކާލާތު ކުރެއްވީ އައްބާސެވެ.

ރައީސް ޔާމީންގެ ޕާސަނަލް ލޯޔަރެއްގެ މަސައްކަތް ކުރި ހަނދާނެއް އަޅުގަނޑު ނުވޭ.. ދެން އަޅުގަނޑު ރެކޯޑްސް ބަލާލަން ޖެހޭނީ.. އަޅުގަނޑު ހުންނާނީ ޕާޓީގެ ލޯޔަރެއްގެ ގޮތުގައި.. އަޅުގަނޑު ކޯޓަށް ވެސް ގޮސްފައި ހުންނާނީ ޕާޓީގެ ލޯޔަރެއްގެ ގޮތުގައި.. ދެން ޕާޓީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމީން އަޅުގަނޑާއި އެކު އުޅެފަ ހުންނާނެ.. އެހެން ނަމަވެސް ރައީސް ޔާމީންގެ ލޯޔަރެއްގެ ގޮތުން ކޯޓަށް ދިޔަ ހަނދާނެއް ނުވޭ.. އަޅުގަނޑު ރެކޯޑްސް ބަލާލާނަން، އަޅުގަނޑަށް ކޯޓަށް ދެވިފައިހުރިކަމަށް ވަންޏާ އަޅުގަނޑު ތަނާޒުލް ވާން ޖެހޭ ހާލަތެއް އޮންނާނެ..

އައްބާސް ވިދާޅުވީ ރައީސް ޔާމީނާއި އެކު މަސައްކަތް ކުރެވިފައި ހުންނާނެކަމަށާއި، އެހެން ނަމަވެސް މުއާމަލާތެއް ކުރެވިފައި ވާނީ އެމަނިކުފާނަކީ ޕާޓީގެ އޭރުގެ ލީޑަރަށް ވާތީކަމަށެވެ. އެހެން ކަމުން ރައީސް ޔާމީނަށް ވަކީލުކަން ކުރުމަށް ކޯޓަށް ދެވިފައިވާކަމަށް ރެކޯޑުގައިވާނަމަ އުސޫލުގައިވާ ގޮތަށް ތަނާޒުލްވާނެކަމަށް ވިދާޅުވި އެވެ. އަދި އެއަށް ފަހު މައްސަލައިގައި އަމަލު ކުރާނީ، އެފަދަ މައްސަލަތަކުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުގެ ތެރެއިންކަމަށް ވިދާޅުވި އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: