ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ 36 ވަނަ އަހަރީ ދުވަހާއިއެކު ހާއްސަ އޮފަރ ތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ހާއްސަ އޮފަރތަކަކާއެކު ދިރާގުގެ 36 ވަނަ އަހަރީ ދުވަސް އެކުންފުނިން ފާހަގަކޮށްފިއެވެ.

މި އޮފަރތައް އިއުލާންކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި އެކުންފުނިން ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވަނީ ދިރާގަށް ކަސްޓަމަރުން ކުރައްވާ އިތުބާރަށްޓަކައި އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ދިރާގުގެ ހިއްސާދާރުންނާއި ޕާޓްނަރުންނާއި ދިރާގުގެ ކުރީގެ އަދި މިހާރުގެ މުވައްޒަފުންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދިރާގުން 36 އަހަރުގެ އީޖާދީ ކުރިއެރުންތަށް ފާހަގަކުރަމުން ދާއިރު، އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް މަތީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދީ، ޑިޖިޓަލް މުސްތަގުބަލުގައި ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށްވެސް މިރްޝާން ވިދާޅުވިއެވެ.

ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހިތްގައިމު އޮފަރތަކެއް ލޯންޗުކޮށްފައެވެ. އޭގެތެރޭގައި އަލަށް ތައާރަފްކުރި ދިރާގު ’ވިން އަ ސްޕީޑްބޯޓް‘ ޕްރޮމޯގެ ދަށުން:

  • ކޮންމެ ދުވަހަކު އައިފޯން 16 އެއް: ދިރާގު ’ވިން އަ ސްޕީޑްބޯޓް‘ ޕްރޮމޯޝަނުގައި އެންރޯލްކޮށްފައިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުވަތެއްގައި އޮކްޓޫބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކު އައިފޯން 16 އެއް ދިނުމަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.
  • ޑަބަލް ދަ ޗާންސް: 16 ސެޕްޓެންބަރުން ފެށިގެން 31 އޮކްޓޫބަރު 2024 ގެ ނިޔަލަށް ދިރާގު ’ވިން އަ ސްޕީޑްބޯޓް‘ ޕްރޮމޯޝަންގައި އެންރޯލްކުރާ ފަރާތްތަކަށް އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާ އެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު ދެގުނަ ވެގެންދާނެއެވެ.
  • ހިލޭ ދަތުރެއް: އޮކްޓޫބަރު މަހު ދިރާގުން ކުރިއަށްގެންދާ ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއްގައި ބައިވެރިވެގެން އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓެއްގައި 7 ރައްޓެހިންނާ އެކު ހިލޭ ދަތުރެއް ދިޔުމުގެ ފުރުސަތު ދިރާގުން ހުޅުވާލެނެއެވެ.
  • ކަހާލައިގެން އިނާމެއް: ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 350 ރުފިޔާ އަދި މަތީގެ އެޑް-އޮންއެއް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ބޫސްޓަރެއް ނުވަތަ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ފަރާތްތަކަށް ދިރާގު އެޕް މެދުވެރިކޮށް ’ސްކްރެޗް އެންޑް ވިން‘ ހިލޭ ޑޭޓާ އިނާމު ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ހަފުތާ ބަންދު ތެރޭގައި އައިފޯން 15 ޕްރޯ، ދިރާގު 5ޖީ ޓަރބޯ ވައިފައި ޑިވައިސް ފަދަ ހާއްސަ އިނާމުތައް ލިބިގެންދާނެއެވެ.
  • ސޮނީލިވް ހާއްސަ އޮފާރ: ދިރާގު ޕޯސްޓްޕެއިޑް 750 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަށް ބޭނުންކުރާ ކަސްޓަމަރުންނަށް މެއި 2025ގެ ނިޔަލަށް ހިލޭ ސޮނީލިވް ޕްރިމިއަމް އެކްސެސް ލިބިގެންދާނެއެވެ.
  • ހިލޭ ގޭމިންގް ޕީސީ: ދިރާގުގެ ވަން ސްޓޮޕް ޝޮޕް ގޭމިން ޕްލެޓްފޯމްކަމަށްވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަށް އޮކްޓޫބަރު 2024 ގައި ރަޖިސްޓްރީވާ ގޭމަރުންގެ މެދުގައި ނަގާ ގުރުވަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހިލޭ ގޭމިންގް ޕީސީއެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި މޮނީޓަރު، ކީބޯޑު، މައުސް އަދި މައުސް ޕެޑް ހިމެނޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އިތުރު އީޖާދުތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު ކުރިއެރުވުމަށާއި ’ޑިޖިޓަލް ރާއްޖެ’އެއްގެ ތަސައްވުރު ހާސިލްކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: