ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޕަރޭޝަން ހިރާސްގެ ތެރެއިން 402 ތަނެއް ބަލާ ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

”އޮޕަރޭޝަން ހިރާސް ފާސް“ގެ ތެރެއިން 402 ތަނެއް ބަލާފާސް ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައިފިއެވެ.

”އޮޕަރޭޝަން ހިރާސް ފާސް“ގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްއިން ގުޅިގެންނެވެ. އަދި މި ހަރަކާތުގެ ތެރެއިން މިހާތަނަށް 402 ތަނެއް ވަނީ ބަލައިފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 10 ޒޯނަކަމަށް ބަލައިލައިގެންނެވެ.

އެމްއެންޑީއެފުން ޢާންމު ކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން މި އޮޕަރޭޝަންގެ ފުރަތަމަ 3 ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތަކާއި، ނުރައްކާތެރި ކެމިކަލް ރައްކާކުރާ 31 ގުދަނަކާާއި ކެމިކަލް ވިއްކާ 24 ފިހާރައެއް ބަލާ، މަޢުލޫމާތު އެއްކޮށްފައެވެ.

އޮކްޓޯބަރ މަހުގެ 1 ން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި އަލިފާނުގެ އެކި ހާދިޘާތައް ހިގައިފައިވެއެވެ. އެގޮތުން މާލެ ސަރަހައްދަކީ އެންމެހާ ފަރާތްތަކަށްވެސް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދިފާއީ ވުޒާރާތް ދަނީ މަސައްކަތްކުރަމުންނެވެ. “ އޮޕަރޭޝަން ހިރާސް ފާސް “ މި އޮރޭޝަނަކީ އެކަމުގެ ތެރެއިން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ގަވާއިދާ ޚިލާފަށް ކެމިކަލްގެ ވިޔަފާރިކުރަމުންދާ ތަންތަނާމެދު ފިޔަވަޅު އެޅޭނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: