ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް ރައްކާކުރާ ތަންތަން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގަނީ!

އޮޕަރޭޝަންގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެއް އެމްއެންޑީއެފްއިން ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ މުއައްސަސާއިން ކުރިއަށް ގެންގޮސްފައިވަނީ ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމުގެ މަސައްކަތްތައް ކަމަށެވެ. ”އޮޕަރޭޝަން ހިރާސް ފާސް“ގެ ނަމުގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގެ ފުރަތަމަ ތިން ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތެއް ބަލާ ފާސްކޮށްފައިކަމަށާއްި ނުރައްކާތެރި ކެމިކަލްތައް ގުދަންކުރާ 31 ތަނަކާއި ވިއްކުމުގެ މަސައްކަތްތައް ކުރަމުން އައި 24 ފިހާރައެއްގެ މައުލޫމާތު އެއްކޮށްފައިކަމަށެވެ.

މި މަހުގެ 1 ވަނަ ދުވަހު ފެށިގެންދިޔަ މި އޮޕަރޭޝަން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް ހާމަކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: