ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ނެޓްވޯކުގައި ހިމެނޭ، މެލޭޝިއާ ދެމީހުން ޝަރީއަތް ނިމެންދެން ބަންދަށް

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި މެލޭޝިއާ ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފި އެވެ.

މިއީ ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އުޅޭކަމަށް ތުހުމަތުކޮށް މިދިޔަ ޖުލައި މަހު ބަންދަށް ގެންދިޔަ މީހުންގެ މައްސަލަ އެވެ.

އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެއައި އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ ހައްޔަރު ކުރި އެކަކުގެ ފަރާތުން ޝައްކު ކުރެވޭ ކަންތަކެއް ފާހަގަކުރެވި އިތުރަށް ބެލިބެލުމުގެ ތެރެއިންނެވެ. އަދި ކަސްޓަމްސްއަށް އެއީ މަސްތުވާތަކެތިކަމަށް ޝައްކު ކުރެވި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އެވެ.

މައްސަލައިގައި ތަހުގީގުތަކަށް ފާހަގަކުރެވުނު ގޮތުން، އުމުރުން 44 އަހަރު އެންޖީ ތަމް ލިޕް ރާއްޖެއައި މަސްތުވާތަކެތި އިތުރު ބަޔަކާ ހަވާލު ކުރުމަށެވެ. އަދި މަސްތުވާތަކެތި ޕެކް ކުރުމަށް ބަލައި ދާން އޮތް މެލޭޝިއާއަށް ނިސްބަތްވާ 41 އަހަރުގެ ކޯ ހުއާބް ބޫން ރާއްޖެއައީ އޭގެ އެއް ދުވަސް ކުރިންނެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މި ދެ މީހުން ވެސް މަސައްކަތްކޮށްފައި ވަނީ، ރާއްޖެ މަގުން އެ ތަކެތި އެހެން ގައުމަކަށް ގެންދިއުމަށެވެ. ފުލުހުންގެ ހޯދުންތަކަށް، އެނގިފައިވާ ގޮތުން އެ މީހުން މަސައްކަތް ކުރީ ރާއްޖެ މަގުން މަސްތުވާތަކެތި އިނގިރޭސިވިލާތަށް އެތެރެ ކުރުމަށެވެ.

ބަންދުގައި ތިބި ދެ މީހުންގެ މައްޗަށް ނެރުނު އަމުރުގައި ވަނީ އެ ދެ މީހުންގެ ލަގެޖުން މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާއިރު، މިއީ ނެޓުވޯކެއްގެ މެދުގައި ވާހަކަ ދައްކައިގެން ހިންގި އަމަލެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. ދެ މީހުންގެ އަތުގައި ވެސް ހުރި މަސްތުވާތަކެތީގެ މައުލޫމާތުތައް، ނެޓްވޯކަށް ފޯރުކޮށްދީ އެތަކެތީގެ ފޮޓޯތައް ވެސް ފޮނުވިކަން ފޮރިންސިކް ރިޕޯޓުތަކުން ދައްކާކަމަށް އަމުރުގައި ވެއެވެ.

މިދިޔަ މަހު ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މީހުންގެ ވަނަވަރު ހާމަކޮށް ފުލުހުން ބުނީ މެލޭޝިއާގެ ދެ މީހުންނަކީ ވެސް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅެމުންއައި ބައެއްކަމަށެވެ. އަދި މި މަސްތުވާތަކެއްޗަކީ ވެސް އެހެން ގައުމަކަށް އެތެރެ ކުރުމަށް ރާވާފައިވާ މަސްތުވާތަކެތިކަމަށް ފުލުހުން ބުންޏެވެ

އެ މީހުން ވަނީ ދަތުރު ކުރި ރޫޓު އޮޅުވާލުމުގެ ފޭކު ޓިކެޓެއް އަމިއްލައިން ތައްޔާރުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: