ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއެމްސީގެ ހިދުމަތް ހޯދުމަށް ރާއްޖެ އައި ޕެނަމާގެ ބޯޓު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި

އުތުރު މެރިޓައިމް ސާވިސް (ޔޫއެމްސީ)ގެ ހިދުމަތް ހޯދުމަށް ރާއްޖެ އައި ޕެނަމާގެ ބޯޓުގެ ފަޅުވެރިން ހއ. އުލިގަމުން މަރުހަބާ ކިޔަނީ. ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު މެރިޓައިމް ސާވިސް (ޔޫއެމްސީ)ގެ ހިދުމަތް ހޯދުމަށް ރާއްޖެ އައި ޕެނަމާގެ ބޯޓު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި އެވެ.

މި ހިދުމަތް ފެށުމަށްފަހު މިއީ ރާއްޖެއަށް އައި ދެ ވަނަ ބޯޓެވެ. ނަމަވެސް ޔޫއެމްސީގެ ހިދުމަތް ހޯދުމަށް އައި މިއީ ފުރަތަމަ ބޯޓެވެ. މި ބޯޓަކީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ، ޔޫއޭއީގެ އަބޫ ދާބީން ޗައިނާއަށް ދަތުރު ކުރާ ބޯޓެކެވެ. މިއީ ”ޖިއަން ޖިއޭ“ ކިޔާ ތެޔޮ ޓޭންކަރެކެވެ.

ބޯޓުގައި ތިބި ”ކްރޫ ޗޭންޖުވާ“ ފަޅުވެރިން ހއ. އުލިގަމަށް ފައިބާފައިވެއެވެ. އަދި އެ ރަށުގައި ހަދާފައި ހުރި ”ސީމަންސް ރެސްޓް އޭރިއާ“ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވިކަމަށް އެމްޕީއެލްއިން މައުލޫމާތު ދީފައިވާއިރު، އެ ފަޅުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަން ކުންފުނިން ފާހަގަކުރިއެވެ.

އެ ބޯޓުން ހޯދުމަށް އެދިފައިވާ ހިދުމަތްތަކުގެ ތެރޭގައި، ޕައިލެޓޭޖް ހިދުމަތް، ފުރެޝް ވޯޓާ ބަންކަރިން، ކުރޫ ޗޭންޖް، ކާބޯ ތަކެތި ސަޕުލައި ކޮށްދިނުން އަދި ސްޕެއާ ޕާޓުސް ސަޕުލައި ކޮށް ދިނުން ހިމެނެއެވެ.

މި ބޯޓަށް ހިދުމަތް ދިނުމުގައި އެމްޕީއެލްއާއި އެހެން ބައެއް ކުންފުނިތަކުންވެސް ހަރަކާތްތެރިވާނެކަމަށް ފާހަގަކޮށް ވަޖީހު ވިދާޅުވީ، މި ބޯޓު އިހަވަންދިއްޕޮޅުގައި 5 ވަރަކަށް ދުވަހު މަޑުކުރާނެކަމަށެވެ. އެއީ ބޯޓުގެ ބައެއް ކަހަލަ މެއިންޓެނެންސް މަސައްކަތްތައް ކުރަން ޖެހޭތީކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވޭނެކަމަށް ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖެއިން ފަށާފައި ވަނީ ބައިނަލްއަގުވާމީ މެރިޓައިމް އިދާރާތަކުން ގަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީއަކާ ވެސް އެކުއެވެ.

މީގެ އިތުރަށް ރާއްޖެއަކީ މެރިޓައިމް ދާއިރާގެ މުއާހަދާ އައިއެމްއޯ ސޮލަސް މުއާހަދާގެ ފަހުގެ އިސްލާހުތަކާ އެކު ތަސްދީގުކޮށް، އެ މުއާހަދާއަށް އަމަލުކުރަމުން އަންނަ ގައުމެކެވެ. އަދި މާޕޯލްގެ ގިނަ ޗެޕްޓާތައް ވެސް ވަނީ ފުރިހަމަކޮށްފައެވެ.

ރާއްޖޭގައި ބަންކަރިންގެ ހިދުމަތްދެނީ ދުނިޔޭގެ މުދާ އުފުލާ އަދި ޝިފިންގ މަސައްކަތްތައް ކުރަމުންދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލް ބަންކާސްއާ ގުޅިގެންނެވެ. ބަންކަރިންގެ ހިދުމަތް ފެށުމަށް ރާއްޖެއަށް ގެނައީ 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިޔަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މި ހިދުމަތާއިއެކު އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: