ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނާއި ދީނާ ގުޅިފައިވާ މިންވަރު ދިރިއުޅުމުގެ ތެރެއިން ފެނިގެންދޭ: ނަސީރު

ރައީސް މުއިއްޒު އަދި މިނިސްޓަރު ނަސީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިނާއި އިސްލާމް ދީނާއި ގުޅިފައިވާ މިންވަރު ފެނިގެންދާ އެތައް ކަމެއް ދިވެހިންގެ ދިރިއުޅުމުގެ ތެރެއިން ފެނިގެންދާކަމަށް  ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ނަސީރު ވިދާޅުވީ، މި ދުވަސް ފާހަގަކުރަނީ ވަރަށް ހާއްސަ މުހިންމު ތާރީހީ ދުވަހެއްގެ ގޮތުގައިކަމަށެވެ. އަދި ދިވެހިންގެ ތާރީހުގައި އެންމެ ހެޔޮ އިންގިލާބީ ބަދަލެއް އައި ދުވަހަކީ ރާއްޖެ އިސްލާމްވީ ދުވަސްކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، މި ދުވަހަކީ ދިވެހިންގެ ރޫހާނީ ވެށި ބަދަލުކޮށްލި ދުވަސްކަމަށާއި އެއީ ދިވެހިންގެ ތަމައްދުން އާއި ތަހުޒީބު އިސްލާހު ކުރި ދުވަސްކަމަށެވެ. ނަސީރު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ ކަންކަން އެންމެ ހެޔޮ މަގަށް އެނބުރިގެންދިޔައީވެސް އެ ދުވަހުގައިކަމަށާއި ދެ ދުނިޔޭގެ ސަލާމަތް ކަށަވަރުވެގެންދިޔަ ދުވަސްކަމަށެވެ. އަދި ރާއްޖޭގައި އިލްމުވެރިކަމާއި ފޮތްތެރިކަން އޮތްކަމަށް ފެންނަން އޮތީވެސް އިސްލާމް ވުމަށް ފަހުކަމަށް ހިއްސާކުރެއްވިއެވެ.

މަސައްކަތްކުރައްވާ ދާއިރާއާއި ދުވަހާއި ގުޅިފައިވާކަމަށްވުމުން ތާރީހުގެ ތެރެއިން ނުކުތާއެއް ފާހަގަކޮށްލުން މުހިންމުކަމަށް ދެކިވަޑައިގަންނަވާކަމަށް ނަސީރު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހިންގެ ތާރީހުގައި ހުރި ކަންކަމަށް ބަލާލުމުން ދިވެހިންގެ ހިތުގައި އިސްލާމް ދީނަށް ދެވިފައިވާ މަގާމު ވަރަށް ބޮޑަށް ސާފުވާކަމަށެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރުވަނީ ދެ ނަމާދު ދޭތެރޭގައިކަމަށްބުނުމުން އެ ދެކެވެމުންދަނީ ކޮން ދެނަމާދެއްގެ ވާހަކަ ކަން ނޭނގޭ ދިވެއްސަކު ނުހުންނާނެކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން ދިވެހިންގެ ދިރިއުޅުން ދީނާ ގުޅިފައިވާކަން ބަސްކޮށާރުން ފެނިގެންދާކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހޯމަ ދުވަހާއި ހުކުރު ދުވަސް ދިވެހިން ހާއްސަ ކުރާކަމަށެވެ. އެގޮތުން ހޯމަވިލޭރޭ ހާއްސަވަނީ އެ ދުވަހަކީ ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވި ރޭކަމަށްވާތީކަމަށާއި ހުކުރުވިލޭރޭ ހާއްސަ ކުރަނީ އެ ދުވަހަކީ އާދަމްގެފާނު ދުނިޔެއަށް ފޮނުއްވުނު ދުވަހުގެ ގޮތުގައިކަމަށެވެ. ނަސީރު ވިދާޅުވީ، މިކަންކަމުގެ ދީނީ ހުކުމަށް އެއްޗެއް ވިދާޅުނުވާނެކަމަށާއި އެހެންނަމަވެސް ފާހަގަކުރައްވަން ބޭނުންވަނީ މިކަންކަމުން ދޭހަވެގެންދާ މާނަކަމަށެވެ. އެގޮތުން ދިވެހިންނަށް އެހިނދަކު ދިރިއުޅުމާއި ދީނާއި ގުޅުވުނު މިންވަރަކަށް ގުޅުވާފައިވާކަން ފެނިގެންދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކިޔަވާ ފިލާއަކީ ގަހަކުން ކަނޑަމުން އައި މުލަކުން ދިވެހިން ހަދަމުން އައި އެއްޗެއްކަމަށެވެ. އަދި އެކަން ކުރާއިރު ގިބުލައާއި ދިމާލަށް ދުވެފައި އޮތް މުލަކީ ކޮބައިތޯ ބަލާކަމަށްވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ގެއެއް އަޅާއިރު ގޭގެ އެނދު އަށި އަތުރާއިރު ގިބުލައަށް ކުރިމަތިލައިގެން އޮވެވޭ ގޮތަށް އެކަން ކުރަމުން އައިސްފައިވާކަމަށާއި މިސްކިތްތައް ބިނާކުރުމާއި އެހެނިހެން އިމާރާތްތައް ކުރުމާއި ދެމެދުވެސް ބޮޑު ތަފާތުތަކެއް ގެންގުޅޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތްތައް ހުންނަނީ ވަރަށް އުހުގައިކަމަށާއި ނަމާދުކުރަން ތިބެނީ ސީދާ ބިންމަތީގައި ނޫންކަމަށެވެ. ނަމަވެސް އެހެނިހެން ބިނާތައް ހަދަމުންދަނީ އެގޮތަށް ނޫންކަމަށާއި މިސްކިތްތަކުގައި ހުންނަ ފަންނީ މަސައްކަތްތަކާއި ކުރެހުންތައް ފަދަ ކަންކަންވެސް ގެދޮރުން ފެނިގެން ނުދާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިސްކިތެއް ބާވެގެން ރޫޅާލުމަށްފަހު، ވަކަރުތަކަކީ މާތްﷲ ގެ ގެކޮޅު އަޅަން ބޭނުންކޮށްފައިވާ ވަކަރުކަމަށްވުމުން އެހެން އެއްވެސް ކަމެއްގައި ދިވެހިން އެތަކެތި ބޭނުން ނުކުރާނެކަމަށާއި މިސްކިތަކުން ނައްޓާ ވަކަރަށްވެސް ހުރުމަތް އަދާކުރާކަމަށެވެ. ނަސީރު ވިދާޅުވީ، ދީނާއީ ގުޅުންހުރި، މާނަވީ، މާނަހުރި އެތައް ކަމެއް ދިވެހިންގެ ދިރިއުޅުމުގެ ތެރެއިން ފެންނަން ހުރިކަމަށެވެ.

މާލޭގެ ހުކުރު މިސްކިތާއި ގުޅުން ހުރި ތާރީހީ ބައެއް ވާޙަކަތައްވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އިސްލާމް ދީނަކީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ އެންމެ އުހުގައިވާ ހަގީގަތްކަމަށާއި ދިވެހިްނގެ ވިސްނުމުގެ ހަގީގަތްވެސް ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާއި ކަމަށެވެ. އަދި ދިވެހިންގެ އަމަލުތަކާއި ދިރިއުޅުމުގެ ހުރިހާ އަސާސްތައްވެސް ފެށިގެން އަންނަނީ އިސްލާމް ދީނުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އިސްލާމްކަމުގެ ދުވަސްތައް ގުނަމުންދާތާ 800 އަށްވުރެ ގިނަ އަހަރުވެފައިވާކަމަށާއި ދެ އަހަރު ފަހުން 900 އަހަރު ފުރިގެންދާނެކަމަށެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: