ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗުއްޓީގަ މާލޭގައި ނެތީމަ ރޮބޯމޭން ފިލްމު ބަލަން ނުދެވުނީތަ؟ ހާސްނުވޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ކުޑަދިންނާއި ބޮޑެތިމީހުންގެ ލޯބި ލިބިފައިވާ ރޮބޯމޭން ކެރެކްޓާގެ މައްޗައް ތައްޔާރުކޮށްފައިވާ ފިލްމު ”ރޮބޯމޭން – ދަ މޫވީ“ ވަނީ ސެޕްޓެމްބަރު 26 އިން ފެށިގެން 05 އޮކްޓޯބަރާ ހިސާބަށް އޮލިމްޕަސް ސިނަމާގައި އަޅުވާފައެވެ. ބޮޑު ތަރުޚީބެއް ލިބިގެންދިޔަ މި ފިލްމު ބަލާލުމަށް ކުދިވެރިންނާއި އާއިލާ އެންމެން ގޮސް އޮލިމްޕަސް ފުރާލިއެވެ. ގިނަ ހައުސް ފުލް ޝޯވްތަކަކަށްފަހު އޮކްޓޫބަރު 5 ގައި މި ފިލްމު ސިނަމާއިން ނެގިއިރު މި ފިލްމު ބަލާނުލެވި ދިޔަ ފަރާތްތަކެއްވެސް ދިޔައެވެ. ދުވަސްކޮޅަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ތިބީ ވެރިރަށް މާލެއިން ބޭރުގައެވެ.

ބެލުންތެރިންގެ އެދުމުގެ މަތިން ރޮބޯމޭން – ދަ މޫވީގެ ޚާއްސަ 2 ޝޯވް އަނެއްކާވެސް އޮލިމްޕަސް ސްކްރީނުގައި އަޅުވަން މިވަނީ ތައްޔާރުވެފައެވެ. މި ޝޯވްތައް އޮންނާނީ 11 އަދި 12 އޮކްޓޯބަރު މި ދެދުވަހުގެ ހަވީރު 04:30ގައެވެ. މި ޚާއްސަ 2 ޝޯވްއަކީ ފިލްމު ބަލާލަން ބޭނުންވެފަ ފިލްމު ބަލަން ނުދެވުނު ފަރާތްތަކަށް ލިބިގެންދާނެ އުފާވެރި ޚަބަރެކެވެ.

މި 2 ޝޯވްގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން 7656000 އަށް ގުޅާލުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް މި ފިލްމު ތައްޔާރުކޮށްފައިވާ ފަރާތްތަކުން މައުލޫމަތުދެއެވެ.

ރޮބޯމޭން – ދަ މޫވީ އަކީ މީޑިއާނެޓުގެ އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ތައްޔާރުކޮށްފައިވާ، އޯރކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ. ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާރޓިސްޓުންވެސް ފެނިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: