ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުރާސްތާގައި އާމްދަނީ އިތުރުކުރުމަށް ސަރުކާރުގެ ޕްލޭން ރަނގަޅު، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަވަސް ކުރަން ޖެހޭ: ވޯލްޑް ބޭންކު

ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަވަސް ކުރަން ޖެހޭކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މިފަދައިން ބުނެފައިވަނީ ވަކިވަކި ގައުމުތަކަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު އެކުލަވައިލާ އިގުތިސާދީ އަދާހަމައިގައެވެ. ސަރުކާރުން މާލީ އިސްލާހީ ފިޔަވަޅުތައް ހުށައެޅި ނަމަވެސް، އެ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވެފައިވާކަމަށް ބުނެ ވޯލްޑް ބޭންކުން ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މެދުރާސްތާގައި ދަރަނި ކުޑަކުރުމަށާއި، އިންވެސްޓަރުންގެ އިތުބާރު އުފެއްދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް ގޮވާލާފައެވެ. އަވަސް ކުރަން ޖެހޭ ދާއިރާތަކުގެ ގޮތުގައި ޕަބްލިކް އިންވެސްޓްމަންޓާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަބްސިޑީތައް ރިފޯމްކުރުން ފާހަގަކުރެވެއެވެ.

ވޯލްޑް ބޭންކުން ވަނީ މެދުރާސްތާގައި އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ފަހި ކުރުމަށްޓަކައި ސަރުކާރުން އެކުލަވާލި ޕްލޭނަށް މަރުހަބާ ކިޔާފައެވެ.

ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދު ވަނީ، 7.7 އިންސައްތައާއި 4.5 އިންސައްތައިގައި ކުރިއަރާފައެވެ. އަދި ފަތުރުވެރިން އައި އަދަދުވެސް އިތުރުވެފައިވާއިރު، 8.5 އިންސައްތައިގެ އިތުރުވުމެއް މީގެ ތެރޭގައި ހިމެނެއެވެ. އަދި ރާއްޖޭގެ އިންފްލޭޝަން ވަނީ 0.5 އިންސައްތައިގައި ހިފެހެއްޓިފައެވެ. ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ އަގު ވަނީ 6.7 އިންސައްތައިގައި ބޮޑުވެފައެވެ.

ދޭން ޖެހޭ ފައިސާ ދީފައިނުވާތީ، މައިގަނޑު ބައެއް ސިނާއަތްތައްކަމަށްވާ ސިއްހީ ދާއިރާއާއި ކޮންސްޓްރަކްޝަން ފަދަ ދާއިރާތަކަށް ނޭދެވޭ އަސަރުކުރާކަން ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ. ޚަރަދުތައް ކުޑަކުރުމާއި މާލީ އިސްލާހުތައް އަދި ސަބްސިޑީތައް ޓާގެޓުކުރުމަކީ އިގުތިސާދީ ހިރާސްތަކުން އަރައިގަންނަން މުހިންމު ފިޔަވަޅުތަކެއްކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ކޮށްފައިވާ ރޭޓިންގސްތައްވެސް ވަނީ ދަށްކޮށްފައެވެ. މިއަހަރު ފެށުނުއިރު، ރާއްޖޭގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާގައި ހުރިއިރު، އެއީ އުފެންދުންތެރިކަމުގެ ނިސްބަތުން 116 އިންސައްތަކަމަށާއި، އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތެރޭގެ ދަރަނި 68 އިންސައްތައަށް އިތުރުވެރުވެފައިވާކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ. އެތެރޭގެ ދަރަނީގެ ސަބަބުންނާއި، ބޭރުގެ ރޭޓިންތައް ދަށްވެފައި ހުރުމުގެ ސަބަބުން، ރާއްޖެއަށް ފައިނޭންސް ހޯދުމުގައި ދަތިވެފައިވާމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 443.9 މިލިއަނަށް ވެއްޓިފައިވާއިރު، ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 116.5 އިންސައްތައިގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: