ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ްއިންތިހާބުތަކުން ލިބޭ ވޯޓަށް ބަލައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ ގޮތަށް އިސްލާހެއް

ސިޔާސީ ޕާޓީއެއްގެ ހަރަކާތެއް. ފޮޓޯ: ޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ 3،000 މެންބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ފައިސާ ދޭ ގޮތަށް ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާހު ގެންނައުމަށް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލާއި ގުޅޭ މަޝްވަރާތައް ކުރުމަށް އީސީއިން ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކާއިވެސް ބައްދަލުކޮށްފައެވެ. އެގޮތުން ބައްދަލު ކުރި ޕާޓީތަކުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އީސީއިން ވަނީ ފާހަގަކޮށްފައެވެ. މި ބައްދަލުވުންތަކުގައި މި ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު، ޕާޓީތަކުގެ ފަރާތުން އިތުރު ކަންކަންވެސް ހުށައެޅިއެވެ.

މި ބަދަލާއިއެކު، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ 50 އިންސައްތަ ދިނުމުގައި ބަލާނީ ލިބޭ ވޯޓަށެވެ.  އެގޮތުން ފައިސާ ދިނުމުގައި ބަލަނީ، އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޕާޓީއަށް ލިބުނު ވޯޓުގެ ނިސްބަތުން 30 އިންސައްތައަށާއި، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީއަށް ލިބުނު ވޯޓުގެ ނިސްވަތުން 20 އިންސައްތައަށެވެ.

މިހާރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ހޭދަކުރަނީ، 0.1 އިންސައްތައެވެ.

ރާއްޖޭގެ ގާނޫނު ބުނާ ގޮތުން 10،000 މެމްބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރަން ޖެހެ އެވެ. މިހާތަނަށް އައި އިރު އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީ އަށެވެ. އެ ޕާޓީއަށް ޕާޓީ އަށް 2019 ވަނަ އަހަރު އެކަނި ވެސް 12 މިލިއަން ރުފިޔާ ދޫކުރިއިރު، އިދިކޮޅު ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ ލިބުނެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ލިބުނީ ދެ މިލިއަން ރުފިޔާ އެވެ.

މި ގާނޫނަށް ބަދަލު ގެނައުމަށް މީގެ ކުރިންވެސް އީސީއިން މަސައްކަތްކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: