ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ވެލްފެއާ ހިދުމަތާއި ގުޅޭ އޭސީސީގެ ރިޕޯޓެއް، ކޮމިޝަނުން އެދުނީ ލަފާތައް ގަނޑެއްގައި ލިޔެވިިވާ އެއްޗަކަށް ނުހެދުމަށް!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށް ދިރާސާކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދިރާސާ ރިޕޯޓެއް އެކުލަވާލައިފި އެވެ.

އޭސީސީ އާންމު ކުރި ރިޕޯޓުގައި ވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ އެއް ދާއިރާއަކީ ސިއްހަތާއި ގުޅުން ހުރި ކަންކަމުގައި ދެވޭ ވެލްފެއާ އެހީ ކަމަށެވެ. އަދި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގާ ވެލްފެއާއާއި ގުޅުން ހުރި ކަންކަމުގައި އެ ރައްޔިތުންގެ މަސްލަހަތު ހިމެނޭއިރު ދައުލަތުގެ އެ ފައިސާ ބޮޑު އަދަދަކުން ހަރަދު ކުރެވޭ މިފަދަ ނިޒާމުތަކުގެ މަންފާވެރިންނަކީ ރައްޔިތުންނަށްވުމާއި އެ ވެލްފެއާ ދިނުމުގެ މަގްސަދު ފުރިހަމަވޭތޯ ބަލައި ފާރަވެރިވާން ޖެހޭ ކަމަށެވެ.

ރިޕޯޓާއި ގުޅޭގޮތުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ކޮމިޝަނުން މިކަމާއި ބެހޭ ރިޕޯޓެއް އެކުލަވާލުމަށް ދިރާސާކޮށްފައި ވަނީ ސިއްހީ ވެލްފެއަރގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންތައްތައް ބަލައ،ި އެކަންކަން ހައްލުކުރުމަށް ލަފާދީ ކޮރަޕްޝަނުގެ ގެއްލުންތަކުން މުޖުތަމައު ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ސިއްހީ ވެލްފެއަރ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު އޮތްގޮތާއި މި ނިޒާމު ތަންފީޒުކުރުމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހުރިތޯ ބަލައ،ި ދެނެގަތުމަކީ މި ރިޕޯޓު އެކުލަވާލުމުގެ އަމާޒުކަމަށް ޝާމިލް ވިދާޅުވި އެވެ.

2011 އިން 2023 ގެ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރި މި ރިޕޯޓުގައި ހިމަނާފައި ހުރި އިރުޝާދުތަކަކީ ހަމައެކަނި ގަނޑެއްގައި ލިޔެވިފައިވާ އެއްޗަކަށް ނަހަދައި މައްސަލަތައް ހައްލު ކުރުމަށް ޝާމިލް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ އުންމީދަކ،ީ ކޮމިޝަނުގެ ދިރާސާގައި ދައުލަތަށާއި އިދާރާތަކަށް ދީފައިވާ ލަފާތަކަށް ރިއާޔަތްކޮށް އުސޫލުތަކާއި އެސްއޯޕީތައް މުތާލައާކޮށް މުރާޖައާކުރެވ،ި ސިޔާސަތުތަތަކުގެ ތެރެއަށް އެކަންކަން ތަރުޖަމާވެގެންދާނެ ގޮތަކަށް އަމަލު ކުރެވުން ކަމަށެވެ.

އެގޮތުން ޝާމިލް ވިދާޅުވީ ކުރު މުއްދަތުގެ ލަނޑުދަނޑިތަކާއި ދުރު ރާސްތާގައި މި ނިޒާމު ބޭނުނުކުރުމުގައި މުޖުތަމައުގެ ވިސްނުމާއި ފިކުރަށް ބަދަލުގެނެވޭ ނެ ފަދަ އިސްތިރާތީޖީ ވިސްނުން މިމަސައްކަތުގައި ގެންގުޅުން މުހިންމުކަމަށެވެ. އަދި މުޖުތަމައުގެ ނޯމެޓިވް ވެލިއުސް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތަކީ ވެސް ހާއްސަ އިސްކަމެއްދީގެން މި މަސައްކަތުގެ ތެރޭގައި ހިމެނުން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައުވާ މި ރިޕޯޓުކޮށްފައި ދިރާސާގެ އަލީގައި ފާހަގަކުރެވުނު މައިގަނޑު ހަ މައްސަލައެއް ފާހަގަކުރި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ގާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމުގެ ސަބަބުން ހިދުމަތް ފޯރުކޮށްދިނުމުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރެވެން ނެތުމާއި، މި ނިޒާމުގެ ތެރެއިން ހިދުމަތް ލިބުނުކަމުގެ ”ކްލެއިމް ޕްރޮސެސް ވެލިޑޭޓް“ ނުވަތަ ފައިސާ ދޫކުރެވެނީ ލިބޭ ހިދުމަތަށްކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމާއި ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އާ ހިދުމަތާއި ބޭސް ރަޖިސްޓަރީ ކުރުމުގައި ހާމަކަން ކުޑަވުން އަދި އާސަންދަ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރުމުގެ އިތުރުން މި ނިޒާމު ވަށައިޖެހޭހެން ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުމުގެ އިތުރުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާދޭއިރު، ހަމަހަމަކަން ނެތުމެވެ.

މި މައްސަލަތައް ހައްލު ކުރުމަށް ކޮމިޝަނުން މައިގަނޑު 20 ލަފައެއް ދިންއިރު އޭގެ ތެރޭގައި ހިމެނެނީ ދެމެހެއްޓެނިވި ގޮތެއްގައި އާސަންދައިގެ ހިދުމަތް ދިނުމަށްޓަކައި ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަކުރުމެވެ. އެގޮތުން ދުރުރާސްތާ ޕްލޭނެއް އެކުލަވާލައި، ނިޒާމީ ބަދަލުތަކެއް ގެނައުމަށް ކޮމިޝަނުން ލަފާ ދީފައި ވެއެވެ.

މީގެއިތުރުން ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި އެކު އުސޫލުތައް މުރާޖައާކޮށް ގަވައިދުތައް އެކުލަވާލުން މުހިންމުކަމަށް ރިޕޯޓުގައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭހާއި ހިދުމަތާއި ޑޮކްޓަރުންނާއި ގުޅުން ހުރި ކްލިނިކަލް އަދި ޕްރެކްޓިސް ގައިޑްލައިންތައް ތައްޔާރު ކުރުމާއި ބޭހުގެ އަގު ކަނޑައެޅުމާއި ގުޅުން ހުރި އުސޫލުތައް ގާއިމު ކުރުމެވެ.

ކޮމިޝަނުން އިތުރަށް ދިން ލަފާތަކުގެ ތެރޭގައި ނެޝަނަލް ޕްރިސްކްރައިބް ސްޓެންޑަޑްއަކާއި ބޭހުގެ އަގު ކަނޑައެޅުމާއި ގުޅޭގޮތުން ނިޒާމީ ގޮތެއްގައި އަމަލު ކުރާނެ އުސޫލުތައް އެކުލަވާލުމެވެ. އަދި ސިއްހީ ހިދުމަތްތަކާއި ބޭހާ ގުޅުންހުރި ނޭޝަނަލް ޕްރައިޒިން ސްކީމެއް ގާއިމުކޮށް ތަންފީޒުކުރުމާއި މެކްސިމަމް ރީޓެއިލް ޕްރައިޒިން އަދި ސްޓެންޑަޑް ސާވިސް ލިސްޓިންއެއް ތައާރަފުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: