ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން ތިން އެވޯޑަކަށް ހުޅުވާލައިފި

މަސްވެރިކަން (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ދާއިރާއިން ތިން އެވޯޑަކަށް ނަން ހުށެޅުމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީއިން ފުރުސަތު ހުޅުވާލައިފިއެވެ.

2024 ވަނަ އަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ހިއްސާކޮށް ފިޝަރީޒް މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި އެ މިނިސްޓްރީއިންވަނީ މި އަހަރު މަސްވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ފަރާތްތަކަށް އެވޯޑު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަން ހާމަކޮށްފައެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމުގެ ގޮތުން އެ ނޫން މަސައްކަތްތައް ނުކުރާ އުމުރުން 35 އަހަރުން ދަށް ފަރާތްތަކަށް ”އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު“ އެވޯޑަށް ނަން ހުށައެޅޭނެކަމަށެވެ. އަދި މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމުގެ ގޮތުން އެ ނޫން މަސައްކަތްތައް ނުކުރާ އުމުރުން 35 އަހަރުން މަތީ ފަރާތްތަކަށް ”އެންމެ ތަޖުރިބާ ކެޔޮޅު“ އެވޯޑަށް ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށާއި އާމްދަނީ ހޯދުމުގެ ގޮތުން މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފަރުމަސްވެރިކަން ކުރާ ނަމަ ”ހިދުމަތްތެރި ފަރުމަސްވެރިޔާ“ އެވޯޑަށް ނަން ހުށައެޅޭނެކަމަށެވެ.

ނަން ހުށައެޅުމަށް ބޭނުންވާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް މައުލޫމާތު ދީފައިވާއިރު އެ ފޯމު ފޮނުވަންވާނީ އެވޯޑު ދިނުމަށް ކަނޑައެޅިފައިވާކަން ފާހަގަކޮށް ނެރުނު އިއުލާނާއިއެކުކަމަށާއި ނޮވެމްބަރު 7 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށައަޅަންޖެހޭނެކަމަށެވެ.

މިނިސްޓްރީއިންވަނީ އަމިއްލަ ހައިސިއްޔަތުންނާއި އެހެން ފަރާތެއްގެ ނަން ހުށައެޅުމުގެ ފުރުސަތުވެސް އޮތްކަން ފާހަގަކޮށްފައެވެ. އަދި އޮންލައިންކޮށް މިނިސްޓްރީގެ އީމެއިލް އެޑްރެސް މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެކަން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: